ޔުނައިޓެޑުން މޮޅުވެ އިތުބާރު ގާއިމްކުރިއިރު ޗެލްސީ އަށްވެސް ފަސޭހަ މޮޅެއް

ޔުނައިޓެޑުން މޮޅުވެ އިތުބާރު ގާއިމްކުރިއިރު ޗެލްސީ އަށްވެސް ފަސޭހަ މޮޅެއް

ގުޅުންހުރި

އިނގިރޭސި ލީގުގައި މެންޗެސްޓަރ ޔުނައިޓެޑު މޮޅުވެ ލީގުގެ ކުރިޔަށް ޖެހިލައިފިއެވެ.

އެވަޓަންގެ ގޫޑްސަން ޕާކުގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 3-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ އެވަޓަންއިންނެވެ. މިލަނޑު މެޗުގެ 19 ވަނަ މިނުޓުގައި ކާމިޔާބުކޮށްދިނީ ބާނާޑްއެވެ. މެންޗަސްޓަރ ނަތީޖާ ހަމަހަމަކުރީ ބުރޯނޯ ފެނާންޑޭޒް މެޗުގެ 25ވަނަ މިނިޓުގައި ކާމިޔާބުކުރި ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްނިމުމުގެ ކުރިން ބުރޫނޯ ވަނީ އިތުރުލަނޑެއް ޖަހާ ޔުނައިޓެޑަށް ލީޑްނަގާދީފައެވެ.

މިއީ ރަށުން ބޭރުގައި ލީގުގައި ކުޅުނު މެޗުތަކުގައި އޭނާ ކާމިޔާބުކޮށްދިން 10 ވަނަ ލަނޑެވެ. ބުރޫނޯ ވަނީ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑަށް 13 ލަނޑުކާމިޔާބުކޮށްފައެވެ. މެޗުގެ ޔުނައިޓެޑަށް ލީޑް އިތުރަށް ފުޅާކޮށްދިނީ އިތުރުވަގުތުގެ އެންމެފަހު މިނިޓުގައި އެންޑަސަން ކަވާނީއެވެ. މިއީ ޔުނައިޓެޑަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މިއީ ލީގުގައި ރަށުން ބޭރުގައި ޔުނައިޓެޑުން މޮޅުވި ހަތްވަނަ މެޗެވެ. ލީގުގެ ފުރަތަމަ ފަސްމެޗު ކާމިޔާބުކުރި އެވަންޓަން ލީގުގައި އެންމެފަހުން ކުޅުނު ތިން މެޗުން މޮޅުވެފައެއް ނުވެއެވެ.

ރޭ ލީގުގައި ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑުގެ މައްޗަށް ކުރި ހޯދާ ލީގުގެ ތިންވަނައަށް ކުރިޔަށްޖެހިލާފައެވެ. ޗެލްސީން މެޗު ކާމިޔާބުކުރީ 4-1 ލަނޑުންނެވެ. ޝެފީލްޑްގެ ޑޭވިޑް މެކްގޯލްޑްރިކް ލަނޑެއް ޖަހާ ކުރިހޯދާފަވަނިކޮށް ޗެލްސީ ނަތީޖާ ހަމަހަމަކުރީ ޓަމީ އަބްރަހަމްއެވެ. ދެން ޗެލްސީއަށް ލަނޑު ކާމިޔާބުކޮށްދިނީ ބެންޖަމިން ޗިލްވެލް އާއި ތިއާގޯ ސިލްވާގެ އިތުރުން ޓިމޯވާނާއެވެ.

ޗެލްސީ ވަނީ މިމޮޅާއެކު 11 މެޗު ބަލިނުވެ ހަމަކޮށްފައެވެ. މިއީ ޝެފީލްޑްއިން މޮޅެއް ނުލިބި ނިންމާލި 12ވަނަ މެޗެވެ. މި ނަތީޖާއެކު 8 މެޗުން 15 ޕޮއިންޓް ހޯދައިގެން ޗެލްސީ ވަނީ ލީގުގެ ތިންވަނައަށް ކުރިޔަށްޖެހިލާފައެވެ. ޔުނައިޓެޑު ހަތްމެޗުން 10 ޕޮއިންޓާއެކު އޮތީ 14ވަނައިގައެވެ.

ރޭ ލީގުގައި ކްރސްޓަލް ޕެލޭސްއާއި ލީޑްސް ޔުނައިޓެޑު ވާދަކުރި މެޗު 4-1 ލަނޑުން ކާމިޔބުކޮށް ޕެލޭސްއިން ވަނީ 7ވަނައަށް ކުރިޔަށްޖެހިލާފައެވެ. ވެސްޓްހަމުން ވަނީ ފުލަމްގެ މައްޗަށް 1-0 ލަނޑުން ކުރިހޯދާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *