ސަރުކާރުގެ ކުންފުނިތަކަކީ ކޮރަޕްޝަންގެ ހާލިތަކެއް: ޝިޔާމް

ސަރުކާރުގެ ކުންފުނިތަކަކީ ކޮރަޕްޝަންގެ ހާލިތަކެއް: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
12 ފެބްރުއަރީ 2022 01:29
0

މިއަދު ސަރުކާރުގެ، ކުންފުނިތަކަކީ ކޮރަޕްޝަންގެ ހާލިތަކެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެމްބަރު ޝިޔާމް މިހެން ވިދާޅުވީ، މިސަރުކާރުގެ ބައެއް ކުންފުނިތަކުން ފިނިހަކަ ސްޕީޑުގައި މަސައްކަތް ކުރާކަމަށް ބުނެ މަކުނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާއީ ފެނަކައިގެ އެމްޑީ ސައީދަށް ވަރަށް ބޮޑަށް ނުރުހުން އަމާޒުކޮށް، ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ.

ޝިޔާމް ވިދާޅުވީ މިސަރުކާރުގެ ސްލޯވާހަކަ އިދިކޮޅު ފަރާތްތަކުންނާއި، ދިވެހި ރައްޔިތުން ދައްކަމުންދަނީ ސަބަބެއް އޮވެގެންކަން އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށްވެސް އެގޭކަމަށެވެ. ކުންފުނިތަކަކީ ކިތަންމެ މަސައްކަތް އޮތް މަސައްކަތް ފުނިޖެހިފައިވާ ތަންތަނަށް ވީނަމަވެސް އެއަށްވުރެ ގިނައިން އެތަންތަނުގައި ކުރެވޭ މަސައްކަތަކީ ކޮރަޕްޝަންގެ މަސައްކަތް ކަމުގައި ޝިޔާމް ވިދާޅުވިއެވެ.

ސްލޯ ސަރުކާރު އަޅުގަނޑުމެން މިކިޔަނީ ޖޯކަކަށްނޫން. މެމްބަރު ރާއީ، ސަރުކާރު ކުންފުނިތައް ބަގުރޫޓްވީއިރު އެތަންތަން ހެޑް ކުރަން ތިބި ފަރާތްތަކުގެ މޫނުތައް ނުލާހިކު އުޖާލާ. ކުންފުނިތަކަކީ މަސައްކަތް ފުނިޖެހިފައިހުރި، ކޮރަޕްޝަންގެ ހާލިތަކެއް. އެމްޑީން އުޅެނީ ރައީސުލްޖުމްހޫރިއްޔާއަށް ތިއްތި ދެއްކެން.

– ޝިޔާމް ވިދާޅުވިއެވެ.

ފެނަކައިން ރާއްޖޭގެ ބައެއް ސަރަހައްދު ތަކުގައި ހިންގަމުންދާ ތަރައްޤީގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތަށް ނުކުރެވޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓުވީޓުގައި ރާއީ ވިދާޅުވީބައެއް ރަށްރަށުގައި ފެނަކައިން ހިންގަމުންދާ މަޝްރޫޢުތައް ކުރިއަށްދަނީ ފިނިހަކަ ސްޕީޑުގައިކަމަށެވެ. ކޮންޓްރކްޓު ކުރެވިފައިވާ މުއްދަތު ހަމަވެ، މަސައްކަތް ނުފެށި އެތައް ދުވަހެއް ވެގެންދާއިރުވެސް މިއިންކަމަށާއި މާބޮޑު އަޅާލުމަށް ބަހައްޓަވާ ތަނެއް ނުފެންނަ ކަމަށް ރާއީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ ތާއަބަދު ބަލަންތިބެވޭނެ ކަމެއް ނޫންކަމަށާއި، ފެނަކަ އެމްޑީ ސައީދަށް ތާއަބަދު މަންމަނަކަށްވެ ނުހުރެވޭނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކަތީބު
ތިކަމުގެ ބިންގާ އަޅައިދިނީ 2013 ގަދޯ
ާ ާަަަަހަޖާމު
ދެން ސިޔާމު ތި ބުނުއްވަނީ ޕީޕީ އެމް އާއި ސިޔާމު މެން ތީ ކޮރަޕްޓް ބައެއް ނޫނަޭތަ.! ތިބޭ ފުޅާ މެން ކުރި ވެރިކަމު ގެ ކަރަޕްސަން ތަށް މިހާރު ވެސް ކޯޓް ތަކުގައި ފުނި ޖެހިފައި..... ދެނޯ.