ދިވެހިރާއްޖޭގެ އިސްތިގުލާލު މިއޮތީ އޮޅާލާފަ ދައިމަތި އަޅާފަ ކަމަށާއި މިނިވަން ފަތްފަށް ޖަހާ، މި ސަރުކާރުން ހަދާފައިވާ ސިއްރު އެއްބަސްވުންތަކުން ދިވެހިރާއްޖޭގެ އިސްތިގުލާލު މިއޮތީ 60 ފަހަތަށް ގޮސްފައިކަމަށް ރައީސް ޔާމިން ވިދާޅުވެއްޖެއެވެ.
އިންޑިއާ އައުޓު ހަރަކާތުގެ ދަށުން މިއަދު ރ. މީދޫއަށް ކުރެއްވި ޒިޔާރަތުގައި، މަރުހަބާ ދެއްނެވުމަށް އެއްވެތިބި މީހުންނާއި މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ، ރާއްޖޭގެ މަދުވެގެން 5 ސަރަަހައްދެއްގައި ބަޑަހަ ޖަހައިގެން އިންޑިއާ ސިފައިން އެބަތިބި ކަމަށާއި، މާލޭ ކައިރީގައި, މާލޭގެ ހުލަނގު އުތުރުން އޮތިީ އުތުރު ތިލަފަޅު ކަމަށާއި, އެއީ ދިވެހި ސަިފައިންގެ ބާރު ހިގާ ތަނެއް ނޫންކަމުގައެވެ.
ރައީސް ޔާމިން ވިދާޅުވީ، އުތުރު ތިލަފަޅަކީ ފުރިހަމަޔަށް އިންޑިއާގެ އަސްކަރިއްޔާގެ ބާރު ހިނގާ ތަނެއް ކަމަށާއި، ރާއޖޭގެ މުހިންމު ހުރިހާ ހުރިހާ ދިމާލެއްގައިވެސް ބަޑަހަ ޖަހައިގެން އިންޑިއާ ސިފައިން އެބަ ތިބި ކަމުގައެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ އުތުރު ތިލަފަޅަކީ ދިވެހި ސަރުކާރުގެ ބަޖެޓުން ބިނާކުރަމުން އައި ތަނެއް ކަމަށާއި، އެހެންނަމަވެސް އެތަން ހިންގުމުގެ ނަމުގައި މިހާރު ހަދާފަައި އޮތް އެއްބަސްވުމުގައި ވާގޮތުން އެތަން މެނޭޖުކޮށް އެޑްމިނިސްޓަރ ކުރާނީވެސް ދެން އިންޑިއާއިން ކަމުގައެވެ. އަދި މި އެއްބަސްވުމުގައި ވާގޮތުން، މިތަންތަނަށް އިންޑިއާއިން އަންނަ އެއްވެސް އޮފިސަރަކު އަޔަ ނުދޭންވެސް ކުރެވޭނެ ކަމެއްވެސް ނެތް ކަމުގައެވެ. އަދި މީގެ އިތުރުން، އުތުރު ތިލަފަޅުގައި އިންޑިއާގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ސިފަ ކުރައްވަމުން ރައީސް ޔާމިން ވިދާޅުވީ [ އިންޑިއާގެ އެއަރ ވިންގެއްވެސް އުތުރު ތިލަފަޅުގައި ހަދަން ހަމަޖެހިފައި ވާކަމަށެވެ.
މިއަދު އިންޑިއާ ސފައިން ތިބި ތަންނަތަނުގަ ދިވެހި ސަރުކާރުގެ ބާރެއް ނުހިގާ. ހަނިމާދޫއަށްވެސް ދިވެހި ސަރުކާރުގެ ބާރެއް ނުހިގާ.
ރައީސް ޔާމިން ވިދާޅުވިއެވެ.
މި އެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ، މިހާތަނަށް އައިއިރު ރާއްޖެއިން ބޭރުގެ އެއްވެސް އިންޓެލިޖެންސް އިދާރާއަކަށް ބަރޯސާވެފައެއް ނޯންނާނެ ކަމަށާއި، އެހެންނަމަވެސް ދިވެހި އަސްކަރިއްޔާވެސް, އަދި ދިވެހި ފުލުހުންވެސް މިއަދު ހަމައެކަނި ބަރޯސާވަމުން ދަނީ އިންޑިއާގެ އިންޓެލިޖެންސަށް އެކަނި ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު ހާލަތު މިދިޔައީ ނާސިރު ޒަމާނުގަ މުއާމަލާތްތައް ހިންގިި ހާލަތަށްވެސް ދަށު ދަރަޖައަކަށް ކަމަށްވެސް ރައީސް ޔާމިން ވިދާޅު ވެފައިވެއެވެ. އަދި ދިވެހި އަސްކަރިއްޔާގެ, ސަލާމަތީ ދެބާރުވެސް އިންޑިއާގެ އިންޓެލިޖެންސަށް މި މިންވަރަށް ބަރޯސާވެގެން ދިއުމުން ދެން މިނިވަންކަމާއެކު ލިބިގެން ދާނީ ކޮން ސައްހަ މައުލުމާތެއްތޯ ރައީސް ޔަމިންވަނީ ސުވާލު ކުރައްވާފައެވެ.
ރައީސް ޔާމިން ވިދާޅުވި ގޮތުގައި އިންޑިއާއި އެކު ހަދާފައިވާ ސިއްރު އެއްބަސްވުން ތަކަކީ، ރައްޔިތުންގެ މަޖިލީހުގެ ބާރުވެސް ކަނޑުވާލާގައިވާ އެއްބަސްވުންތަކެއް ކަމަށާއި، ސަބަބަކީ، 3ވަނަ ފަރާތަކަށް މި އެއްބަސްވުންތައް ހާމަ ނުކުރެވޭނެ ކަމަށް މިއެއްބަސްވުންތަކުގައި ލިޔެފައި ވުމުގެ ސަބަބުން މަޖިލީހުން އެދުނުކަމުގައި ވިޔަސް މިއެއްބަސްވުންތައް މަޖިލިހަށްވެސް ހާމަކުރެވެން ނެތުމެވެ. އެހެންނަމަވެސް، މިފަދަ އަސްކަރީ އެއްބަސްވުންތައް މަޖިލިހުގެ ރުންނެތި އެކުލަވާ ނުލެވޭނެކަމަށްވެސް މިއެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވެފައި ވެއެވެ.
އިންޑިއާ އައުޓު ހަރަކާތުގެ ދަށުން ރައީސް ޔާމިން މިއަދު ރ. މީދުއަށް ވަޑައިގަތުމުން، މަރުހަބާ ދެންނެވުމަށް ގިނަ އަދެއްގެ ބަޔަކުވަނީ އެއްވެފައެވެ. އަދި ރ އަތޮޅުގެ އެހެނިހެން ރަށްރަށުންވެސް ޔާމީނަށް މަރުހަބާ ދެއްވުމަށް މިއަދު މީދޫއަށް މީހުން ގޮސްފައި ވެއެވެ.
މިއީ އިންޑިއާ އައުޓު ހަރަކާތުގެ ދަށުން ރައީސް ޔާމިން ވަޑައިގެންނެވި 6ވަނަ ރަށެވެ.
2 Responses
ޑރ.ޖަމިލުބުނީ ޔާމިނާއި ޔާމިނުގެ އަންހެނުންނޭ މަސްތުވާތަކެތި އެތެރެކޮށް ވިއްކަނީ ގައުމަށް ލިބުނު ހުރިހާ ޑޮލަރެއް ދިރުވާލީ އެހެންވުމުގެ ސަބަބުން ގައުމު 70އަހަރަށް ފަހާތަށް ދިޔައީ. އަޅެ އެއްފަހަރުވެސް ކަލޭނެގި ކިތެއްބިލިއަން ޑޮލަރުކަމެއް ބުނެދީބަލަ ކަލެއަށްދެން ހުވަފެނަކުންވެސް ގައުމު ބޯލަން ދިރުވާލަން ވެރިކަމަކަށް ނާދެވޭނެ ނުވެސްދޭނަން މުޅި ގައުމުގެ އެކުވެރިކަމާއި ރީތި އަޚްލާގު ގެއްލުވާލާ ހަލާކުކޮށްފި ހަމަކަލޭ ނަގޫބަޅު
ޑރ.ޖަމީލުބުނީ ޔާމިނާއި ޔާމިނުގެ އަންހެނުންނޭ މަސްތުވާތަކެތި އެތެރެކޮށް ވިއްކަނީ ގައުމަށް ލިބުނު ހުރިހާ ޑޮލަރެއް ދިރުވާލީ އެހެންވުމުގެ ސަބަބުން ގައުމު 70އަހަރަށް ފަހާތަށް ދިޔައީ. އަޅެ އެއްފަހަރުވެސް ކަލޭނެގި ކިތެއްބިލިއަން ޑޮލަރުކަމެއް ބުނެދީބަލަ ކަލެއަށްދެން ހުވަފެނަކުންވެސް ގައުމު ބޯލަން ދިރުވާލަން ވެރިކަމަކަށް ނާދެވޭނެ ނުވެސްދޭނަން މުޅި ގައުމުގެ އެކުވެރިކަމާއި ރީތި އަޚްލާގު ގެއްލުވާލާ ހަލާކުކޮށްފި ހަމަކަލޭ ނަގޫބަޅު