ރެއާލް މެޑްރިޑްގެ ހަޒާޑާއި، ކަސަމީރޯ ކޯވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

ރެއާލް މެޑްރިޑްގެ ހަޒާޑާއި، ކަސަމީރޯ ކޯވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

ގުޅުންހުރި

ރެއާލް މެޑްރިޑްގެ ބެލްޖިއަމް ތަރި ހަޒާޑާއި، ބްރެޒިލްގެ މިޑްފިލްޑާ ކަސަމީރޯ ކޯވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހަޒާޑާއި ކަސަމީރޯ ކޯވިޑަށް ޕޮޒިޓިވް ވެފައިވާކަން މެޑްރިޑުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. މެޑްރިޑުން ބުނެފައިވަނީ އާދީއްތަ ދުވަހުގެރޭ ވެލެންސިއާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާއިރު ކުޅުންތެރިން ޓެސްޓުކުރުން މިދެކުޅުންތެރިން ޕޮޒިޓިވް ވެފައިވާކަން އެގިފައިވާކަމަށެވެެ. ނަމަވެސް ޓީމުގެ ކޯޗާއި، އެހެން ކުޅުންތެރިޔަކު ޓެސްޓުތަކުން ޕޮޒިޓިވް ވެފައި ނުވާކަމަށެވެ.

މިދެ ކުޅުންތެރިން ޕޮޒިޓިވް ވުމާއި ގުޅިގެން ޑައިރެކްޓް ކޮންޓެކްޓްވި ކުޅުންތެރިންނާއި، ޓީމުގެ އޮފިޝަލުން ވަނީ ކޯވިޑަށް ޓެސްޓްކޮށްފައިވެ. ނަމަވެސް އެއްވެސް މީހަކު ޕޮޒިވް ވެފައިނުވެއެވެ.

ހަޒާޑާއި، ކަސަމީރޯ ކޯވިޑް19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެދެކުޅުންތެރިން މިހާރުވަނީ އައިސޮލޭޝަންއަށް ލާފައެވެ. މި ކުޅުންތެރިންނާއިއެކު އެޓީމުގެ އިތުރު 3 ކުޅުންތެރިއަކުވެސް މިވަގުތު ކަރަންޓީންގައި އެބަތިއްބެވެ. ވާދަވެރި ވެލެންސިއާއި ދެކޮޅަށް ނިކުންނައިރު، ޓީމުގެ އެންމެ މުހިންމު ކުޅުންތެރިން ނެތި މެޗާއި ކުރިމަތިލަން ޖެހުމުން ޓީމުގެ ކޯޗު ޒިދާން އަށް ވަނީ އިތުރު ހާސްކަމާއި ކުރިމަތި ވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *