މާލެ އަތޮޅު ކައުންސިލް ކުރީގެ ރައީސް ރަޢޫފް ނިޔާވެއްޖެ އެވެ.
ރައޫފްއަކީ މާލެ އަތޮޅު ތުލުސްދޫއަށް ނިސްބަތްވާ ބޭފުޅެކެވެ. ހިންގުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ޚިދުމަތް ކުރައްވާފައިވާ ރައޫފް ނިޔާވީ އާލާސްކަންފުޅާއި ގިނަ ދުވަސްތަކެއް އުޅުއްވުމަށްފަހުއެވެ. އޭނާ ވަނީ ރާއްޖެއިން ބޭރުންވެސް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯއްދަވާފައެވެ.
ރައޫފްވަނީ ދިވެހި ދައުލަތަށް 39 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާސްތެރި ޚިދުމަތްތަކެއް ކުރައްވާފައެވެ. ރައޫފް ނިޔާވުމާއި ގުޅިގެން މާލެ އަތޮޅު ކައުންސިލްގެ މިހާރުގެ ރައީސް މުހައްމަދު ނިމާލްވަނީ ރައޫފްގެ ފުރާނަފުޅަށް ސުވަރުގޭގެ ނިއުމަތް މިންވަރު ކުރައްވާ، އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ.
ދައުލަތަށް 39 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި މާލެ އަތޮޅު ކައުންސިލް ކުރީގެ ރައީސް އިބްރާހިމް ރައޫފް/ތުލުސްދޫ އަވަހާރަވި ޚަބަރު އެހީ ނުހަނު ފުން ހިތާމައާއި އަސަރާއި އެކުއެވެ. ރައޫފްގެ ފުރާނަފުޅަށް ސުވަރުގޭގެ ނިއުމަތް މިންވަރު ކުރައްވާ، އާއިލާއަށް ކެތްތެރިކަން ދެއްވާށި.
– ނިމާލް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
Dhaulathah 39AharahVuren Gina DhuvahuKhidhumaiy Kurehvi Male’Atholhu Council Kuryge Raees Ibrahim Rauf/Thulusdhoo Avahaaravi KhabaruEhy Nuhanu FunHithaama Aai Asaraai Eku Eve.Rauf Ge FuraanafulhahSuvarugeyge DhaaimyNiumaiyMinvaru Kurahvaa AailaaAh Kehtheri kanDhehvaashi.Aameen pic.twitter.com/ENO5vgpzYw
— Mohamed Nimal (@NimalKokaa) February 10, 2022
ޚަބަރު އޮންލައިންގެ ފަރަތުންވެސް ރައޫފްގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ.
ކޮމެންޓު ފޮނުވާ