އެފްރިކަން ކަޕްގެ ފައިނަލުގައި، މާނޭއާއި ސަލާހުގެ ކުރިމަތިލުމަކަށް

އެފްރިކަން ކަޕްގެ ފައިނަލުގައި، މާނޭއާއި ސަލާހުގެ ކުރިމަތިލުމަކަށް

އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލަކީ، އިނގިރޭސި ކްލަބް ލިވަޕޫލްގެ ދެ ފޯވަޑުން ކަމުގައިވާ މާނޭއާއި، ސޮލާހުގެ ކުރިމަތިލުމަކަށް ވެއްޖެއެވެ.

ފައިނަލުގެ ޖާގައެއް މާނޭގެ ސެނެގޯލް ހޯދީ 3-1 އިން ބުރްކީނާ ފާސޯ ބަލިކޮށްގެންނެވެ. މިމެޗުގައި މާނޭގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިމެޗުގައި މާނޭގެ ފަރާތުން ވަނީ މޮޅު ކުޅުމެއްފެނިފައެވެ. އޭނާ ވަނީ މިމެޗުގައި ސެނގޯލްއަށް ގޯލެއްވެސް ކާމިޔާބު ކޮށްފައެވެ. މާނޭގެ މި ލަނޑަކީ އޭނާ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 86 މެޗުން ޖަހައިދިން 29 ވަނަ ލަނޑެވެ. އަދި މާނޭ ވަނީ 99 މެޗު ކުޅެގެން ސެނެގާލަށް އެންމެ ގިނަ ލަނޑު ޖަހައަދީފައިވާ، ކުރިން ޕްރިމިއާ ލީގު ވިގަން އެތުލެޓިކަށް ކުޅުނު ފޯވާޑް ހެންރީ ކަމާރާގެ ރެކޯޑާ އެއްވަރު ކޮށްފައެވެ.

މިއީ މުބާރާތުގެ ފައިނަލުގައި ސެނެގާލް ވާދަކުރާ ތިންވަނަ ފަހަރެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި އަލްޖީރިއާ އަތުން ބަލިވިއިރު، 2002 ވަނަ އަހަރުގެ ފައިނަލުގައި ކެމަރޫން އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. އަދި ސެނެގާލަކީ މިހާތަނަށް މުބާރާތުގެ ފައިނަލުގައި ދެ ފަހަރު ކުޅެ، މުބާރާތް ކާމިޔާބު ނުކުރެވި އޮތް ހަމައެކަނި ގައުމެވެ.

އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފަހުޖާގައެއް ސަލާހުގެ މިސްރުން ކަށަވަރު ކުރީ ރޭ ކުޅުނު ސެމީ ފައިނަލްގައި މުބާރާތް ބާއްވާ ޤައުމު، ކެމެރޫން އާއި ވާދަކޮށް، ޕެނެލްޓީ ޖަހައިގެންނެވެ. މިސްރަކީ މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. މިސްރު ފައިނަލަށް ދިއުމާއެކު ފައިނަލްގެ ފޯރި މިވަނީ އިތުރަށް ގަދަވެފައެވެ. އެންމެ ބޮޑު އެއް ސަބަބަކީ އިންގްލިޝް ޕްރިމިއަރ ލީގުގެ ލިވަޕޫލްގެ ދެފޯވަޑުން ކަމަށްވާ ސާޑިއޯ މާނޭ އާއި މުހައްމަދު ސަލާހްގެ ކުރިމަތިލުމަކަށް މިފައިނަލް ވާނެތީއެވެ. އަދި ވާރލްޑް ކަޕްގެ ޕްލޭ އޮފްގައި މިދެޓީމް ބައްދަލުކުރަން ޖެހިފައިވަނިކޮށް ފައިނަލްގައި ވާދަކުރަންޖެހުން މިއީވެސް މިމެޗްގެ ފޯރި އިތުރަށް ގަދަވާނެކަމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

އެހެންކަމުން މިމެޗް ވާނީ ކުރިއަށް އޮތް ދެމަސްތެރޭ މިދެޓީމްގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ތިން މެޗްގެ ތެރެއިން ފުރަތަމަ މެޗަށެވެ. އެފްރިކާ ކަޕް އޮފް ނޭޝަންގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 12:00 ގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *