ކުރިއަށް މުހިންމު މެޗުތަކެއް އޮއްވާ އިޓަލީ ކޯޗު މަންޗިނީ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކުރިއަށް މުހިންމު މެޗުތަކެއް އޮއްވާ އިޓަލީ ކޯޗު މަންޗިނީ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ގުޅުންހުރި

އިޓަލީން ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ތިން މެޗެއް ކުޅޭން ޖެހިފައި އޮތް އިރު ކޯޗް މަންޗީނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަނުންވެސް ވަނީ މަންޗީނީ ކޯވިޑަށް ޕޮޒިޓިވްވިކަން ޔަގީންކޮށްދީފައެވެ. އެއިދާރާއިން ބުނެފައިވަނީ މަންޗީނީ މިވަގުތު ހުރީ އަމިއްލަ ގޭގައި އައިސޮލޭޓް ވެގެން ކަމަށާއި، ބަލީގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށް ކަމަށެވެ.

ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން އެންމެ ހަލުވިކަމާއިއެކު ކޯވިޑް ފެތުރެމުންދާ އެއް ޤައުމަކީ އިޓަލީއެވެ. އިޓަލީގެ ކޯޗު ޕޮޒިޓިވްވުމަކީ ކުރިއަށް މުހިންމު މެޗްތަކެއް އޮތްވާ ކުރިމަތިވާނެ ގޮންޖެހުމެއްކަމަށް އިޓަލީގެ ފުޓުބޯޅަ އިދާރާއިވެސް ގަބޫލުކުރެއެވެ. އިޓަލީ އިން އަންނަ ބުދަ ދުވަހު އެސްޓޯނިއާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި އޭގެ ފަހުން ޔޫއެފާ ނޭޝަންސް ލީގުގައި ޕޮލެންޑާއި ބޮސްނިއާއާ ބައްދަލުކުރާ މެޗުގައިވެސް ކޯޗަށް ބައިވެރި ނުވެވޭނެ ކަމަށް ބެލެވެއެވެ.

އިޓަލީގެ ޞިއްޚީ އިދާރާއިން އާންމުކޮށްފައިވާ ގަވާއިދުގެ ތެރެއިން ދެން މަންޗީނީއަށް ޓީމާއިއެކު ބައިވެރިވެވޭނީ ކޯވިޑަށް ކުރާ ދެ ޓެސްޓް ނެގެޓިވްވުމުންނެވެ. އިޓަލީގައި ހަލުވިކަމާއިއެކު ކޯވިޑް ފެތުރެމުންދާއިރު، ދާދިފަހުން ޔުވެންޓަސް އަށް ކުޅެމުންދާ ކްރިސްޓިއާނޯ ރޮނާލްޑޯވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެ، ބަލިން ރަނގަޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *