ބައިވެރިޔާއަށް އަންނަ ހާއްސަ ދުވަސްތަކުގައި ކުރަންވީ ކަންކަމަކީ މިއީ!

ބައިވެރިޔާއަށް އަންނަ ހާއްސަ ދުވަސްތަކުގައި ކުރަންވީ ކަންކަމަކީ މިއީ!

އަލަށް ރިލޭޝަންޝިޕެއް ފަށާއިރު ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންތައްތަކަކީ ކޮބައިކަން ނޭނގޭ ފަހަރު އާދެއެވެ.

ބައިވެރިޔާ ފާހަގަ ކުރަންބޭނުންވާ އެންމެ ހާއްސަ ދުވަސްތައް ފާހަގަ ކުރާނީ ކިހިނެއްކަން ނޭގޭފަހަރުވެސް އާދެއެވެ. އެފަދަ ދުވަސްތައް ހާއްސަ ކުރުމަށް ކަންތައް ކުރަންވީ ގޮތް ނޭގުމަކީވެސް ވާކަމެކެވެ.

ހަމަ އެހެންމެ ދުވަސްތައް ހާއްސަ ކުރަން މަސައްކަތްކުރަން ހަދައިގެން ކުރި ހުރިހާ ކަމެއް ފެނަށް ވާފަހަރުވެސް މަދެއް ނޫނެވެ.

ސަޕްރައިޒް ގިފްޓެއް ދިނުން

ހަދިޔާ ބޭނުން ނުވާނީ ކާކުހެއްޔެވެ.؟ އަދި އެވެސް އެންމެ ހިތް އެދޭ ލޯބިވެރިޔާގެ ފަރާތުން ލިބޭ ހަދިޔާއެއް ބޭނުން ނުވާނެ މީހަކު ހުންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ބައިވެރިޔާއަށް ސަޕްރައިޒް ހަދިޔާ އަކަށް ތަފާތު އެއްޗެއް ދޭށެވެ.

މާބޮނޑިއެއް ދިނުން

މަލަކީ ހާއްސަކޮށް އަންހެން ކުދިންގެ މެދުގައި ވަރަށް މަގުބޫލު ހަދިޔާއެކެވެ. ހާއްސަކޮށް ފިނިފެން މަލެވެ. މިއީ އަންހެން ކުދިންނަށް ހާއްސަ ހަދިޔާއެކެވެ. ތަފާތު ކުލަތަކުގެ ފިނިފެންމަލާއި އަދި މިނޫންވެސް މާތަކަކީ ވަރަށް މަގުބޫލު އެއްޗެކެވެ.

ޑިިނާ ޑޭޓް

މިއީ އެކުގައި ވަގުތު ހޭދަކުރުމަށް ވެސް ރަނުގެ ފުރުސަތެކެވެ. ރޭގަނޑުގެ ކެއުމަކަށް ރަހަމީރު ކެއުންލިބޭ ރެސްޓޯރެންޓަކަށް ބައިވެރިޔާއާ އެކުގައި ދާށެވެ. އަދި ޑޭޓަ ތަކަށް ދިއުމަކީ ބައިވެޔާ އުފާވާ ކަމެއް ނަމަ ދޭތެރެ ދޭތެރެިން ޑޭޓްތަކަށް ދާށެވެ. މިއީ ގުޅުން ބަދަހި ކުރުމާއި ބައިވެރިޔާގެ ހާއްސަކަން އެނގިގެން ދާ ކަމެކެވެ.

ބައިވެރިއަށް ހާއްސަ ދުވަހެއް ފާހަގަ ކޮށްދޭން ބޭނުންނަމަ ވީހާވެސް ފުރިހަމައަށް އެދުވަހެއް ފާހަގަ ކޮށްދޭށެވެ. އަދި ތިބާގެ ބިޒީ ޝޭޑިއުލުން ވީހާވެސް ގިނަ ވަގުތެއް އެދުވަހުގައި ހުސްކުރެވޭތޯ ބަލާށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *