ބުރުންޑީގައި ހުންނަވާ ދިވެހިރާއްޖޭގެ ފުރަތަމަ އޮނަރަރީ ކޮންސުލް މރ. ސިލްވިއޭ ބަންކިންބާގާ އަށް އެމަގާމު ހަވާލުކުރިކަމުގެ ލިޔުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލު އިއްޔެ ހަވާލުކޮށްދެއްވައިފިއެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އޮނަރަރީ ކޮންސުލްކަމަށް އައްޔަންކުރިކަމުގެ ލިޔުން ބަންކިންބާގާ އާ ހަވާލުކުރުމާ ގުޅިގެން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ވިދާޅުވީ އޮނަރަރީ ކޮންސުލް އައްޔަންކުރެވުމާ ގުޅިގެން ދެޤައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް އަދި އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
ދިވެހިރާއްޖެއާ ބުރުންޑީއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރީ މީގެ އެއް ހަފްތާ ކުރިން، 20 ޖެނުއަރީ ގައެވެ. 12 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ ބުރުންޑީއާ ދިވެހިރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ ނިއުޔޯކްގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ކޮމެންޓު ފޮނުވާ