ދުޅަހެޔޮ ދިރިއުޅުމަކީ ކޮންމެ މީހަކުވެސް ބޭނުން ވާނެކަމެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރަންޖެހޭ ގިނަ ކަންތަށް ތަކެއް ވެސް ހުރެއެވެ.
އެގޮތުން ހަށިގަނޑަށް ފައިދާ ހުރި ކާނާ، ކެއުމުގައި ބޭނުން ކުމާއި ކަސްރަތު ކުރުން ފަދަ ކަންކަން ކޮންމެ ދުވަހެއްގެ ޝެޑިއުލް ގައި ހިމަނަން ޖެހެއެވެ. ހިތުގެ ދުޅަހޮޔޮ ކަމަށް ދިރުޅުމުގެ ބައެއް ކަންކަން ބަދަލު ކޮށްލުންވެސް މުހިންމެވެ. ނޫންނަމަ ބައެއް ކަންކަން ކުރުންވެސް މުހިންމެވެ.
ބަރުދަން އެއްވަރެއްގައި ހިފެހެއްޓުން
ބަރުދަނަކީ އަބަދުވެސް އެއްވަރެއްގައި ހިފެހެއްޓުމަށް ވަރަށް ބޮޑެތި ކަންތަށްތަކެއްކުރަން ޖެހޭ ކަމެކެވެ. ބައެއް ފަހަރު ބަރުދަން މާ ބޮޑަށް އިތުރު ވުމުން ބޮޑެތި ގެއްލުން ތަކެއް ލިބެއެވެ. ބައެއް ފަހަރު ބަރުދަން އިތުރު ނުވެގެން އުޅެން ޖެހޭފަރުތަށް ވެސް އާދެއެވެ. ހަށިގަނޑުގެ ބަރުދަން އަބަދު އެއްވަރެއްގައި ބެހެއްޓުމަކީ ހިތުގެ ދުޅަހޮޔޮކަމަށް މުހިންމު ކަމެކެވެ.00
ސިނގިރޭޓް
ސިނގިރޭޓަކީ އޭގެން އެއްވެސް ފައިދާއެއް ނުލިބޭ، ހުސް ގެއްލުން ލިބޭ އެއްޗެއްކަން އެންމެން ވެސް ދަނެއެވެ. އެހެން ނަމަވެސް ސިނގިރޭޓްގެ އަވައިގާ ޖެހުމުން ހުއްޓާލުމަކީ ގިނަބަޔަކަށް އުނދަގޫ ކަމަކަށްވެސް ވެއެވެ. ނަމަވެސް ސިނގިރޭޓުން ލިބޭ ގެއްލުން އެއީ އެންމެން ދަންނަ ވާހަކައެކެވެ. ހިތުގެ ދުޅަހެޔޮކަމަށް ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ޖެހެއެވެ.
ކަސްރަތު
ހިތުގެ ދުޅަހެޔޮ ކަމުގެ އިތުރުން، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތަކީ ވަރަށް މުހިންމު ކަމެކެވެ. ގަވައިދުން ކަސްރަތު ކުރުމުގެ ސަބަބުން ތަފާތު ބަލިތަކުން ދުރުހެލިކޮށްދީ ފިޓްކޮށް ހުންނަން އެހީތެރިވެދެއެވެ.
ނިދުން
މަދުވެގެން ކޮންމެ ދުވަހަކުވެސް 8 ގަޑިއިރު ނިދަން ޖެހެއެވެ. ނިދުމަކީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް މުހިންމު ބައެކެވެ. ނިދި މަދުވުމުން ހަށިގަނޑު ވަރުބަލި ވުމާއި ބޮލުގައި ރިއްސުން ފަދަ ކުދި ބަލިތަކަށް މަގުފަހިވެއެވެ.
މިކަހަލަ ކުދިކުދި ކަންކަމަކީ ދުޅަހޮޔޮކަމަށް ކުރެވިދާނެ މުހިންމު ކަންކަމެވެ. އަދި މިފަދަ ކުދި ކުދި ކަންކަމުން ކުރާ އަސަރު ވަރަށް ބޮޑެވެ. އެހެން ކަމުން މިކަންކަމަށް ސަމާލުކަން ދިނުން މުހިންމެވެ.