ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ސަންގޫރޫޕްގެ ޗެއާމަން އަހުމަދު ސިޔާމް (ސަން ޓްރެވަލް ސިޔާމް) އެންމެ ފަހު ހުކުރު ދުވަހު ހުކުރަށް ވަޑައިގެންނެވީ ހުދު އަހެއްގައެވެ.
އަދި ވަަރަށް ފަހުން ސިޔާމް ވަނީ އޭނާގެ ރިސޯޓަކަށް ހަތަރު އަސް ގެނެސް ގެންގުޅެން ފަށާފައެވެ. މި އަސްތަކަށް އޭނާގެ ރިސޯޓްގައި ހާއްސަ ސަރަހައްދެއް ކަނޑައަޅާފައިވެއެވެ.
އަހުގައި ހުކުރަށް ދިއުމަކީ ސިޔާމްގެ ވަރަށް ކުރީއްސުރެއް ދެކެމުންދިޔަ ހުވަފެނަކަށް ވާއިރު، މިދިޔަ ހަފްތާގެ ހުކުރު ދުވަހު ސިޔާމް ވަނީ އޭނާގެ ހުވަފެން ހަގީގަތަށް ހަދާފައެވެ. ސިޔާމް ސަވާރުވެ އިންނެވީ ހުދުކުލައިގެ ވަރަށް ރީތި އަހެއްގައެވެ.
ހުދު އަސްކޮޅުގައި ސަން ޝިޔާމް ހުކުރަށް ވަޑައިގަންނަވާ ވީޑިއޯއެއް އާއްމުވެއްޖެ.
ތަފްސީލު: https://t.co/w2A9723vDv pic.twitter.com/TZK2An8Mkg
— Khabaru Online (@KhabaruOnline) January 22, 2022
އަހުގައި މިސްކިތާއި ހަމައަށް ގޮސް ސިޔާމް ވަނީ އަހުން ފައިބާ، މިސްކިތަށް ވަންނަވާފައެވެ.
ސިޔާމް އެންމެ ފަހުން ތަރައްޤީކުރި ރިސޯޓް ސިޔާމް ވޯލްޑަށް 4 އަސް ގެނެސް، އަސް ދުއްވާލުމުގެ ފުރުސަތު ފަތުރުވެރިންނަށް ހޯދައިދިނުމަށް އޭނާ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ