ޤައުމީ ކޯޗު ކުލަބުތަކުގެ ޕްރެކްޓިހަށް

ޤައުމީ ކޯޗު ކުލަބުތަކުގެ ޕްރެކްޓިހަށް

ގުޅުންހުރި

ކުލަބުތަކުގެ ޕްރެކްޓިހަށް ގޮސް ކުޅުންތެރިންގެ ފެންވަރު ވަޒަން ކުރުމުގެ މަސައްކަތް ގައުމީ ޓީމުގެ ކޯޗް މާޓިން ކޫޕްމަން ފަށައިފި އެވެ.

ގައުމީ ޓީމު އެކުލަވާލުމުގައި، މިހާރުގެ ކޯޗް މާޓީން ކޫޕްމަން ބަލާ އެންމެ މުހިންމު ކަމަކީ ކުލަބުގެ މެޗުތަކުގައި ކުޅުންތެރިން ކުރާ ޕާފޯމަންސްގެ މައްޗަށެވެ. ރާއްޖޭގެ ކޯޗް ޖަނަވަރީ މަހު ގައުމީޓީމާ ހަވާލުވެ ކޫޕްމަން ބުނެފައި ވަނީ، ގައުމީ ޓީމުން ޖާގަ ދޭނީ ކުލަބު މެޗުތަކުގައި މޮޅަށް ކުޅޭ ކުޅުންތެރިންނަށް ކަމަށެވެ. އަދި ކުޅުންތެރިޔާ މޮޅު މީހަކަށް ހަދަނީ ކުލަބު ކޯޗުން ކަމަށެވެ.

ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވި ކޯޗުންގެ ތެރެއިން ކުލަބުތަކުގެ ޕްރެކްޓިސް ބެލުމަށް މީގެ ކުރިން ޓާފް ދަނޑަށް ދިޔަ ކޯޗަކީ 2008 ސާފް ޗެމްޕިއަންޝިޕް ހޯދައިދިން ސްލޮވާކިއާގެ ޖޯސެފް ޔަންކޭޒް އެވެ. ދެފަހަރެއްގެ މަތިން ރާއްޖޭގެ ކޯޗްކަން ކުރި ޔަންކޭޒް ވަނީ ރާއްޖޭގެ ކޯޗް ކަމުގައި އޭނާހޭދަކުރި ދެފަހަރުވެސް ކުލަބު ތަކުގެ ޕްރެކްޓިހަށް ގޮސް ކުޅުންތެރިންގެ މަސައްކަތް ވަޒަން ކޮށްފަ އެވެ.

އަންނަ މަހު ފަށަން ތާވަލު ކޮށްފައިވާ އާ ސީޒަނަށް ތައްޔާރު ވުމަށް ހުރިހާ ކުލަބަކުން މިހާރު ވަނީ ޕްރެކްޓިސް ފަށާފަ އެވެ. ކޫޕްމަން ވަނީ ބައެއް ކުލަބުތަކުގެ ޕްރެކްޓިހަށް ޒިޔާރަތްކޮށް ކުޅުންތެރިންގެ ފެންވަރު ވަޒަން ކުރުމުގެ މަސައްކަތް ފަށާފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *