ލެސްޓާ މޮޅުވެ ގުރޫޕްގެ ކުރީގަކި ހަމަޖެހިލައިފި

ލެސްޓާ މޮޅުވެ ގުރޫޕްގެ ކުރީގަކި ހަމަޖެހިލައިފި

ގުޅުންހުރި

ޔޫރޮޕާ ލީގުގައި އިނގިރޭސި ކުލަބް ލެސްޓާސިޓީން ޕޯޗުގަލްގެ ބްރާގާ މައްޗަށް ކުރި ހޯދާ ގުރޫޕްގެ ކުރީގައި ގުރޫޕްގެ ކުރީގައި ހަމަޖެހިލައި ފިއެވެ.

ލެސްޓާގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބުކުރީ 4-0 ލަނޑުންނެވެ. މެޗުގެ ލެސްޓާގެ ކެލެޗީ އިނާޗޯ ދެލަނޑު ކާމިޔާބުކުރި އިރު އެނެއް ދެލަނޑު ކާމިޔާބުކުރީ ޑެނިސް ރައެޓް އިތުރުން ޖޭމްސް މެޑިސަންނެވެ. މިއީ އެންމެފަހުން ލެސްޓާކުޅުނު 31 މެޗުގެ ތެރެއިން މެޑިސަން ކާމިޔާބުކުރި ފުރަތަމަލަނޑެވެ.

ރޭގައި މެޗުގައި އިނާޗޯ ޖެހި ދެލަނޑާއެކު މިސީޒަންގެ މުބާރާތުގައި އޭނަޖެހި ލަނޑުގެ އަދަދުވަނީ ތިނަކަށް އަރާފައެވެ. މިއީ 2016 ވަނައަހަރު ޔޫރަޕަގައި ފުރަތަމަ ތިންމެޗު ލެސްޓާ ކާމިޔާބުކުރިފަހުން އެޓީމުން ފުރަތަމަ ތިންމެޗު ކާމިޔާބުކުރި ފުރަތަމަފަހަރުއެވެ. މިއީ ބްރާގާއިން ގުރޫޕް ސެޓޭޖުގައި މިފަހުން ކުޅުނު ނުވަމެޗުގެ ތެރެއިން އެޓީމު ބަލިވި ފުރަތަމެ މެޗެވެ.

ރޭ މި ގުރޫޕްގައި އޭއީކޭ އެތެންސްއިން ވަނީ 4-1 ލަނޑުން ޒޮރްޔާ ބަލިކޮށްފައެވެ. ތިން މެޗުން ތިން މޮޅު ހޯދައިގެން ލެސްޓާއިން 9 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގަ އޮތްއިރު ބްރާގާ ދެވަނައިގަ އޮތީ 6 ޕޮއިންޓާއެކު އެތެންސްއަށް ތިންމެޗުން ލިބެނީ ތިން ޕޮއިންޓެވެ. ޒޮރްޔާއަކަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *