ޔޫ.އޭ.އީ އަށް ދިން ޙަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ޔޫ.އޭ.އީ އަށް ދިން ޙަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

Author
މުޙައްމަދު ޝަޒައިމް
18 ޖެނުއަރީ 2022 01:01
0

ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ އަބޫދާބީއަށް އަމާޒުކޮށް އިއްޔެ ދިން ޑްރޯން ޙަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

މި ޙަމަލާގައި 3 މީހަކު މަރުވެ، އިތުރު މީހުން ޒަޚަމްވެފައިވެއެވެ. މި ޙަމަލާ ކުށްވެރިިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއްމުންނަށާއި ސިވިލް އިންފްރާސްޓްރަކްޗަރ އަށް އަމާޒުކޮށް މި ދިން ޓެރަރިސްޓް ޙަމަލާއަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، އަދި އާއްމުންނާ ދަތުރުވެރިން ނުރައްކަލަށް ހުށަހެޅުނު ފިނޑި އަމަލެއްކަމަށެވެ.

ޔޫ.އޭ.އީގެ ސަލާމަތަށް ނުރައްކާކުރާ ފަރާތްތަކާ ދެކޮޅަށް އެގައުމުން ކުރާ މަސައްކަތުގައި ދިވެހި ސަރުކާރުން ޔޫ.އޭ.އީ ސަރުކާރާއެކު އޮންނާނެކަން ހާމަކޮށް، އެސަރަހައްދުގެ ސުލްހަ މަސަލަސްކަމަށް ޔޫ.އޭ.އީ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ދިވެހި ސަރުކާރުން ވަނީ ތައުރީފްކޮށްފައެވެ.

ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖްތަމައާ ގުޅިގެން ދިވެހި ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ވަނީ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.