ފޮޑެން އަށް ގައުމީޓީމުން ޖާގަދިންއިރު ގްރީންވުޑަށް ފުރުސަތެއް ނެތް

ފޮޑެން އަށް ގައުމީޓީމުން ޖާގަދިންއިރު ގްރީންވުޑަށް ފުރުސަތެއް ނެތް

Author
އިބްރާހީމް ސާޢިދު
06 ނޮވެމްބަރ 2020 10:54
0

ސެޕްޓެމްބަރު މަހު އިންގްލެންޑްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ބާކިކުރި ދެ ކުޅުންތެރިންގެ ތެރެއިން ފިލް ފޯޑެން އެނބުރި އިނގިރޭސި ޓީމުގައި ހިމަނައިފިއެވެ.

ޔުއެފާ ނޭޝަންސް ލީގުގައި އައިސްލެންޑް އަތުން 1-0 ން އިންގްލެންޑް މޮޅުވި މެޗަށްފަހު ފިލްފޯޑެން އާއި މޭސަން ގްރީންވުޑް ވަނީ ކަރަންޓީނުގެ އުސޫލުތަކާއި ހިލާފަށް އައިސްލޭންޑުގައި އިނގިރޭސި ޓީމު ތިބި ހޮޓަލަށް އިތުރު ބަޔަކު ވައްދާފައެވެ.

މި މައްސަލައިގައި ދެ ކުޅުންތެރިން ސަސްޕެންޑުކުރިއެވެ. ފަހުން މި ދެ ކުޅުންތެރިން ވަނީ މައާފަށްއެދިފައެވެ. ފޯޑެން އަށް ފުރުސަތު ދިން ނަމަވެސް މޭސަން ގްރީންވުޑް އަށް އަދި ފުރުސަތެއް ނުލިބެއެވެ. ރިޕޯޓުތައް ބުނާގޮތުން ފޯޑެން އަށް ފުރުސަތު ދިނީ ޓީމުގައި އަނިޔާގެ މައްސަލަ ބޮޑުވުމުންނެވެ. މިފަހަރު ޓީމުން ޖާގަ ހޯދި ކުޅުންތެރިންގެ ތެރޭގައި ޔުއިޑެޓުގެ ކީޕާރު ޑީން ހެންޑަރސަން އާއި ލެސްޓާގެ ޖޭމްސް މެޑިސަން ފާހަގަކޮށްލެވެއެވެ. އެކަމަކު ލެސްޓާގެ ހާވީ ބާންސްއަށް ވަނީ ފުރުސަތު ގެއްލިފައެވެ.

ޔުއެފާ ނޭޝަންސް ލީގުގައި އިންގްލޭންޑް ދެން ބައްދަލުކުރާނީ ބެލްޖިއަމް އާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.