ޑެޕިއުޓީ މޭޔަރު ނަރީޝް ދޫކޮށްލައިފި

ޑެޕިއުޓީ މޭޔަރު ނަރީޝް ދޫކޮށްލައިފި

Author
މުޙައްމަދު ޖިމީ
07 ޖެނުއަރީ 2022 08:50
0

އިދިކޮޅު ކޯލިޝަނުން "އިންޑިއާ އައުޓް" ހަރަކާތުގައި އިއްޔެމާލޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ނަރީޝް ދޫކޮށްލައިފިއެވެ.

އިއްޔެ އިދިކޮޅުން ބޭއްވި އިޙްތިޖާޖުގައި ނަރީޝްއާއެކު 7 މީހަކު ފުލުހުން ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި މޭލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަހުމަދު އައިފާންވެސް ހިމެނެއެވެ. އޭނާވެސް މިހާރު ވަނީ ފުލުހުން ދޫކޮށްލާފައެވެ.

އިއްޔެ މާލޭގައި އިިދިކޮޅުން އިންޑިއާ އައުޓާއި ދެކޮޅަށް ބޭއްވި ހަރަކާތުގައި ފުލުހުން ވަނީ އިންޑިއާ އައުޓް އިނގިރޭސި ބަހުން ބޭނުން ކުރާނަމަ، ހަރަކާތް ހުއްޓުވާނެ ކަމަށް ބުނެފައެވެ. އަދި ފުލުހުން ވަނީ ދިވެހި ބަހުން އިންޑިއާ އައުޓް ޖެހުމަށް އަންގާފައިކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކޮށްލުމަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމާއި އެކީ އިތުރަށް ވަނީ ފުޅާ ކޮށްފައެވެ. އެގޮތުން މި ހަރަކާތް މާލޭގެ އިތުރުން ރާއްޖޭގެ ރަށްތަކުގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އިންޑިއާގެ އައުޓް ހަރަކާތުގައި ބައިވެރިވި ބައެއް މީހުން ހައްޔަރު ކޮށްފައިވާއިރު، މިއަދުވެސް މާލޭގައި އިންޑިއާ އައުޓްގެ ނަމުގައި ބޮޑު ހަރަކާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.