ކޮވިޑަކީ ސަރުކާރުން ބޭނުންވީމާ އައިސްފައިވާ ގޮސްވާ އެއްޗަކަށް ހެއްދެވީމާ އެކަން ވަނީ ކުޅިވަރަކަށް ކަމުގައި ދީނީ ޢިލްމިވެރިޔާ ދރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޒު މިހެން ވިދާޅުވީ ރާއްޖޭގައި ކޯވިޑްގެ ނުރައްކާ އަނެއްވެސް ބޮޑުވެ، ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކުރަމުންދާ މަަސައްކަތްތަކާއި ގުޅިގެންނެވެ. އިޔާޒު ވިދާޅުވީ ސަރުކާރުން އެތައްހާސް ބަޔަކު އެއްކޮށްގެން އާއަހަރު ފާހަގަކޮށް، އެނޫންވެސް ގިނަ މީހުން ޖަމާވާނޭފަދަ ކަންކަމަށް ޖާގަ ދިނުމަކީ ކޯވިޑް ކުޅިވަރަކަށް ހެދުން ކަހަލަ ކަމެއްކަމަށެވެ.
ހެލްތު މިނިސްޓަރ، ނަސީމްއާއި، އެޗްޕީއޭ ޓެގުކޮށް، އިޔާޒު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ކޯވިޑަކީ ކުޅޭ ކުޅިވަރަށް ސަރުކާރުން ހެދުމަކީ އޭގެ ނަތީޖާ ގޯސްވެދާނެ ކަމެއްކަމަށެވެ.
ކޮވިޑަކީ ސަރުކާރުން ބޭނުންވީމާ އައިސްފައިވާ ގޮސްވާ އެއްޗަކަށް ހެއްދެވީމާ އެކަން ވަނީ ކުޅިވަރަކަށް. އާއަހަރު ފާހަގަކުރަން އެތައްހާސް ބަޔަކު އެއްތަނަކަށް ޖަމާކޮށް ސަކަރާތް ޖެހިއިރު ކޮވިޑަކީ އުޅޭ އެއްޗެއްކަންވެސް ހަނދާނެއް ނެތެއްނުންތޯ؟
– ޑރ.އިޔާޒު ވިދާޅުވިއެވެ.
ކޮވިޑަކީ ސަރުކާރުން ބޭނުންވީމާ އައިސްފައިވާ ގޮސްވާ އެއްޗަކަށް ހެއްދެވީމާ އެކަން ވަނީ ކުޅިވަރަކަށް @KerafaNaseem. އާއަހަރު ފާހަގަކުރަން އެތައްހާސް ބަޔަކު އެއްތަނަކަށް ޖަމާކޮށް ސަކަރާތްޖެހިއިރު ކޮވިޑަކީ އުޅޭ އެއްޗެއްކަންވެސް ހަނދާނެއް ނެތެއްނުންތޯ? @HPA_MV
— Dr.Mohamed Iyaz (@dr_iyaz) January 6, 2022
ރާއްޖޭގައި ކޯވިޑްގެ ކޭސްތައް އިތުރުވަމުންދާތީ ފިޔަވަޅުތައް ހަރުކަށި ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން މާސްކު އެޅުން މަޖުބޫރު ކުރުމާއި، ގިނަ މީހުން އެއްވެ ބާއްވާ ހަރަކާތްތައް ބޭއްވުން ދަނީ މަނާކުރަމުންނެވެ.
ކުރިއަށް އޮތް 3 ހަފްތާއަކީ ރާއްޖޭގައި ކޯވިޑްގެ ޙާލަތު އެންމެ ގޯސްވާނެ 3 ހަފްތާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ކޯވިޑްގެ ޙާލަތާގުޅޭގޮތުން، ޞިއްޙީ މާހިރުންނާއި، ކޯވިޑްގެ ޤައުމީ ޓާސްކްފޯހާއެކު އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމުގައި ކުރެވުނު މަޝްވަރާތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޯވިޑްގެ އާ ވޭރިއަންޓް ރާއްޖެއިންވެސް ފެނިފައި ވުމާއެކު، ކުރިއަށްއޮތް 3 ހަފްތާއަކީ ރާއްޖޭގައި ކޯވިޑްގެ ނަންބަރުތައް އަނެއްކާވެސް މަތިވެ އެކަމުގެ ނުރައްކާ އެންމެ ބޮޑުވާނެ 3 ހަފްތާކަމަށެވެ.
ޞިއްޙީ މާހިރުންގެ ލަފަޔާއި އިރުޝާދުތަކަކީ މީގެކުރިންވެސް ކޯވިޑާ ދެކޮޅަށް ޢަމަލުކުރިގޮތަށް ޢަމަލުތައް ބަހައްޓައި ބަލިން ރައްކާތެރިވުންކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުން މަސައްކަތް ކުރައްވަނީ ރާއްޖޭގެ އިޤްތިޞާދަށް ބުރޫނާރާނޭހެން ވީހާވެސް ލުއިގޮތަކަށް ރައްޔިތުންނަށް މަސައްކަތް ކުރެވޭނެމަގު ހުޅުއްވައިގެން ކަންކަން ކުރިއަށް ގެންދިއުންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.