މިސްރުގައި ކިޔަވަމުންދިޔަ ދިވެހި ދަރިވަރަކު ނިޔާވެއްޖެ

މިސްރުގައި ކިޔަވަމުންދިޔަ ދިވެހި ދަރިވަރަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
03 ޖެނުއަރީ 2022 09:18
0

މިސްރުގައި ތައުލީމް ހާސިލް ކުރަމުން ދިޔަ ދިވެހި ދަރިވަރަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޤާހިރާގައި ރޭ ނިއާވީ މިންހާޖް ޢީސާއެވެ. ގއ. ދެއްވަދޫއަށް ނިސްބަތްވާ މިންހާޖް ޢީސާ، ޢަރަބިއްޔާ ސްކޫލުން މަތީ ސާނަވީ ފުރިހަމަކުރުމަށްފަހު މިސްރުގައި ދިޔައީ އެއަރކްރާފްޓް އިންޖިނިއަރިން ދާއިރާއިން މަތީތައުލީމު ޙާސިލުކުރަމުންނެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ތައުލީމް ހާސިލް ކުރަމުން ދަނިކޮށް، ނިޔާވި ކުއްޖާގެ އާއިލާއަށް ތައުޒިޔާ ދަންނަވާކަމަށެވެ.

މިސްރުގައި ކިޔަވަމުންދިޔަ ދިވެހި ދަރިވަރު މަރުވެފައިވަނީ އެ ގައުމުގެ ވެރިކަންކުރާ ސިޓީ، ގާހިރާގައި ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ކުއްޖާ ނިޔާވުމުން، މާލޭގައި ތިބި އޭނާގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެއްވައި، ކުއްޖާގެ ޖަނާޒާގެ ކަންތަކުގައިވެސް ފޮރިން މިނިސްޓްރީން އެހީތެރިކަން ފޯރުކޮށް ދެމުންދާކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.