މަނަދޫގައި 50 ކޮޓަރީގެ ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަނީ

މަނަދޫގައި 50 ކޮޓަރީގެ ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަނީ

Author
މުޙައްމަދު ޝަޒައިމް
30 ޑިސެމްބަރ 2021 09:01
0

މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

މިލަދުންމަޑުލު ދެކުނުބުރީ، ނ.މަނަދޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 132،000 (އެއްލައްކަ ތިރީސް ދެހާސް) އަކަފޫޓުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ހަވާލުކޮށްފައިވަނީ "ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާއިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިމިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާއެވެ. އަދި ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ ޑިރެކްޓަރ އައްބާސް މުޙައްމަދުއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްގައި މި ބޭއްވުނު ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދު الله މަޢުޞޫމް
އާއި ރައްޔިތުން މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ހާރޫން ބައިވެރިވެވަޑައިގަތެވެ. މަދުވެގެން 50 ކޮޓަރި ހިމެނޭ ގޮތަށް މި ހޯޓާ ތަރައްޤީކޮށް 2024 ޖުލައި ގެ ކުރިން ހުޅުވޭނެކަމަށް ޓުވަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.