ބަސަކްޝެހީރް އަތުން ވަރުގަދަ ޔުނައިޓެޑު ބަލިވެއްޖެ

ބަސަކްޝެހީރް އަތުން ވަރުގަދަ ޔުނައިޓެޑު ބަލިވެއްޖެ

ގުޅުންހުރި

ޗެމްޕިއަންސް ލީގުގައި ތުރުކުރީގެ ބަސަކްޝަހީރް އަތުން އިނގިރޭސި ކުލަބު މެންޗެސްޓަރ ޔުނައިޓެޑު ބަލިވެއްޖެއެވެ.

ތުރުކީގެ އިންސަންތަންބޫލް ގައި ކުޅުނު މެޗު ބަސަކްޝެހީރުން ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. ފުރަތަމަހާފުގައި ލަނޑުތައް ފެނިގެންދިޔަ މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑްނެގީ ބަސަކްޝެހީރުންނެވެ. މިލަނޑު ފުރަތަމަހާފްގެ 13 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ކުރިން އިނގިރޭސި ކުލަބް ނިއުކާސަލް އަދި ޗެލްސީ އަށް ކުޅުނު ޑެންބާބާއެވެ. މިއީ އޭނާގެ ކެރިއަރުގައި ޔުނައިޓެޑު ކޮޅަށް އޭނާ ޖެހި ހަތަރުވަނަ ލަނޑެވެ.

ބެސަކްޝެހީރުން ލީޑް އިތުރަށް ފުޅާ ކުރީ ފުރަތަމަ ހާފުގެ 40 ވަނަ މިނިޓުގައި އެޑިން ވިސްކާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަހާފްގެ 43 ވަނަމިނިޓުގައި އެންޓޮނީ މާޝިއަލްއެވެ. މިއީ އެންމެފަހުން މިމުބާރާތުގައި ބަސަކްޝެހީރުން ކުޅުނު 9 މެޗުގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނު ދެވަނަ މެޗެވެ. މިއީ ހުސްވި ޖެނުއެރީމަހު ރަށުން ބޭރުގައި ލިވަޕޫލް އަތުން ބަލިވިފަހުން ރަށުން ބޭރުގައި ކުޅެ ބަލިވި ފުރަތަމަ ފަހަރުއެވެ. ޔުނައިޓެޑުން ވަނީ ރަށުން ބޭރުގައި ބަލިނުވެ 19 މެޗު ހަމަކޮށްފައެވެ.

މި ގުރޫޕްގައި ރޭ ފްރާންސްގެ ޕީއެސްޖީގެ މައްޗަށް ޖަރުމަނުގެ ލީޕްޒީގުން ވަނީ 2-1 ކުރި ހޯދާފައެވެ. މިނަތީޖާއެކު ރޭގެ މެޗުން ބަލިވި ނަމަވެސް ޔުނައިޓެޑު އެއްވަނައިގަ އޮތީ 6 ޕޮއިންޓާއެކު ލަނޑުގެ ތަފާތުންނެވެ. ދެވަނައިގައި އޮތް ލީޕްޒިގަށް ވެސް ލިބެނީ ހަޕޮއިންޓެވެ. ބެސަކްޝެހީރަށް ވުރެ ކުރި ޕީއެސްޖީއަށް ލިބެނީ ލަނޑުގެ ތާފާތުންނެވެ. ދެޓީމަށް ވެސް ލިބެނީ ތިންޕޮއިންޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *