ޖެނުއަރީން ފެށިގެން ސީލްޓްބެލްޓު އަޅަން ޓްރާސްޕޯޓް މިނިސްޓްރީން އަންގައިފި

ޖެނުއަރީން ފެށިގެން ސީލްޓްބެލްޓު އަޅަން ޓްރާސްޕޯޓް މިނިސްޓްރީން އަންގައިފި

ހަތަރު ފުރޮޅުލީ އުނޅަދުތައް ދުއްވާއިރު ޑްރައިވަރުގެ އިތުރުން އުނޅަދުގެ ކުރީ ސީޓުގައި އިންނަމީހާވެސް ސީޓްބެލްޓް އެޅުމަށް ޤާނޫނަށް ގެނައި ބަދަލު އާންމު ރައްޔިތުންގެ ސަމާލުކަމަށް ޓްރާސްޕޯޓް މިނސްޓްރީން ނެގެސްފިއެވެ.

އެއްގަމު އުނޅަދު ދުއްވުމުގެ ޢާންމު ޤަވާޢިދު ގެ 19 ވަނަ މާއްދާގެ (ރ) ގައި ވާ ފަދައިން، 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވާ މަގުތަކުގައި ހަތަރު ފުރޮޅުލީ އުނޅަދުތައް ދުއްވާއިރު ޑްރައިވަރުގެ އިތުރުން އުނޅަދުގެ ކުރީ ސީޓުގައި އިންނަ ފަރާތް 01 ޖަނަވަރީ 2022 ވަނަ ދުވަހުން ފެށިގެން، ސީޓްބެލްޓް އެޅުމަށް ވަނީ ދަންނަވާފައެވެ.

އެހެންކަމުން އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ހަތަރުފުރޮޅުލީ އުނޅަދު ދުއްވާ ފަރާތްތަކުން މިއާ އެއްގޮތަށް ޢަމަލުކުރެއްވުމަށް މިނިސްޓްރީން ވަނީ ދަންނަވާފައެވެ.

ޓްރާސްޕޯޓް މިނިސްޓްރީން ގެންދަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ޤާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މިކަން ކުރުމުގައި ކަމާގުޅުންހުރި އިދާރާތަކުގެ އިތުރުން، އާއްމު ރައްޔިތުންގެ އެއްބާރުލުންވެސް ބޭނުންވާކަން މިނިސްޓަރ ނަހުލާ ވަނީ އެކި ފަހަރު މަތީން ވިދާޅުވެފައެވެ. މަގުމައްޗަކީ އެންމެންގެ ތަނަކަށްވާއިރު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ފަރުދީ ޒިންމާ އިސްކުރުމަކީ މުހިންމު ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *