ބިމެއްހިއްކައި ހަވާލުކުރުމުންވެސް އެންމެ ފްލެޓެއްވެސް ނޭޅުނު، ސްލޯއީ ކޮންބައެއްކަން ސާފު: ޝިޔާމް

ބިމެއްހިއްކައި ހަވާލުކުރުމުންވެސް އެންމެ ފްލެޓެއްވެސް ނޭޅުނު، ސްލޯއީ ކޮންބައެއްކަން ސާފު: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
15 ޑިސެމްބަރ 2021 10:13
0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބިމެއްހިކައި ދެއްކުމުންވެސް އެންމެ ފްލެޓެއްވެސް ނޭޅުނު ސަރުކާރަކަށް ނިމިދިޔަ ސަރުކާރު ސްލޯއޭބުނެ ވާހަކަ ދެއްކުމުން ވަނީ ވަރަށް ބޮޑު ޖޯކަކަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަޝްރޫޢުތައް ހިންގުމުގައި މި ސަރުކާރަށްވުރެ، މިދިޔަ ސަރުކާރުގެ ސްޕީޑް ސްލޯ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވީ، ރައީސް ޔާމީނެގ ސަރުކާރުގެ ތަރައްޤީގެ ސްޕީޑުގެ ވާހަކަ ދައްކަން މިސަރުކާރުން ލަދު ގަންނަން ޖެހޭނެކަމަށެވެ.

ރައީސް ޔާމީނަކީ އެމަނިކުފާނުގެ ތަރައްޤީގެ މަސައްކަތްތަކުގައި މިސަރުކާރަށް އަރާވެސް ހަމަކުރެވޭނެވަރުގެ ބައެއް ނޫންކަމަށާއި، ހުޅުމާލޭގައި ބޮޑުބިމެއް 78 ދުވަހުގެ ތެރޭގައި އަޅައި ނިންމައި، ހަވާލު ކުރުމުންވެސް އެންމެ ފްލެޓެއްވެސް ނޭޅުނު ބަޔަކަށް ދެއްކޭނެ ވާހަކައެއް ނެތްކަމަށް ޝިޔާމް ވިދާޅުވިއެވެ. ރައީސް ޔާމީންވަނީ އެބިން މަދު ދުވަސްތަކުގައި ހިއްކައި، ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވާފައިކަމަށެވެ.

ރައީސް ޔާމީން ނެތްބިމެއް 78 ދުވަހުން ހިއްކަވާ ވަށައިގެން ރިވެޓުމަންޓު ޖައްސަވާ ބިންގަނޑު ހަމަޖެހެން ވަގުތުދެއްވާ ޝީޓުޕައިލްކުރައްވައިގެން +13000 ހައުސިން އެޅުއްވިއިރު ރެޑީގައި އޮތް ބިމެއްގައި 3 އަހަރުވީއިރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އަދި އެންމެ ޕްރޮޖެކްޓެއް ނުފެއްޓޭ. ސޯލިހު ހަބޭހަށް ސްލޯ.

– ޝިޔާމް ވިދާޅުވިއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މި ސަރުކާރުގެ ޕްރޮޖެކްޓްތައް ސްލޯ ކަމަށްބުނެ ވާހަކަ ދައްކަމުންދާއިރު، ނިމިދިޔަ ސަރުކާރުގައި ހިޔާ މަޝްރޫޢުވެސް ފައްޓަވާފައިވަނީ ހަތަރުވަނަ އަހަރުގެ ތެރޭގައި ކަމަށެވެ.

މަބްރޫކް ވިދާޅުވީ އެންމެ ފަހު އަހަރުގެ ކެމްޕޭން ޖަލްސާ ހިޔާ ފްލެޓްތައް ކައިރީ ބޭއްވި އިރުވެސް އެތަން ރަނގަޅަށް ރާނާ ވެސް ނުނިމޭ ކަމަށެވެ. އޭރު އެއީ ކޮންސްޓްރަކްޝަން ސައިޓެއް ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މީގެއިތުރުން މަބްރޫކް ވިދާޅުވީ މި ސަރުކާރަށް ޕްރޮޖެކްޓްތައް ނުހިންގުން ވާހަކަ ދެއްކޭނެ އެހެން ބަޔަކު ސަރުކާރާއި ވާދަވެރި ޕާޓީއެއްގައި މިވަގުތު ނުތިބޭނެ ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ، "އެބޭފުޅުންގެ ޕްރޮޖެކްޓުތައް ފެއްޓެވީ މި ސަރުކާރުން މިދާ ސްޕީޑަށްވުރެ މާލަހުން" ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.