1500 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ޖައިޝާ އާކޮށްފި

1500 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ޖައިޝާ އާކޮށްފި

ގުޅުންހުރި

ރާއްޖޭގެ އަންހެނުންގެ 1500 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އައިމިނަތު ޖައިޝާ ޖުނީޒް އާކޮށްފި އެވެ.

ޖައިޝާ ރެކޯޑް އާ ކުރީ ހުސްވި މަހު 30 ވަނަ ދުވަހު ހުޅުމާލޭ ސިންތަޓިކް ޓްރެކުގައި ބޭއްވި ގައުމީ ސްކޮޑުގެ ޓައިމް ޓްރަޔަލްގައި ވާދަކޮށްގެންނެވެ. އޭނާގެ ޓައިމިން އަކީ 5:06 މިނިޓެވެ.

2018 ވަނަ އަހަރު ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕުގައި ޖައިޝާ ވަނީ 800 މީޓަރު ދުވުމުންނާއި 1500 މީޓަރު ދުވުމުން ޕާސަނަލް ރެކޯޑް ހަދައިފައެވެ. އެއީ 5:14 މިނެޓުން ދުވެގެންނެވެ.

2017 ވަނަ އަހަރުގެ ގައުމީ މުބާރާތުގައި ވާދަކޮށް ޖައިޝާ ވަނީ 800 މީޓަރު ދުވުން، 1500 މީޓަރު ދުވުން އަދި 5000 މީޓަރު ދުވުމުން ލޯ މެޑަލް ހޯދައިފަ އެވެ. ޖައިޝާ ވަނީ މިދިޔަ އަހަރު ބޭއްވި ނެޝަނަލް ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތާއި ގައުމީ މުބާރާތުގައި 800 މީޓަރާއި 1500 މީޓަރުގެ އަންހެން ބައިން ރަން މެޑަލް ވެސް ހޯދައިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *