ޕޯޓޯ މޮޅުވެ ގުރޫޕުގެ ދެވަނައަށް

ޕޯޓޯ މޮޅުވެ ގުރޫޕުގެ ދެވަނައަށް

Author
އިބްރާހީމް ސާޢިދު
04 ނޮވެމްބަރ 2020 11:45
0

ޗެމްޕިއަންސް ލީގުގައި ރޭ  ޕޯޗުގަލްގެ ޕޯޓޯ ވަނީ ފްރާންސްގެ މާސެއިގެ 0-3 ލަނޑުން ކުރިހޯދީ ޕޯޓޯއެވެ.

ޕޯޓޯގެ ފުރަތަމަ ލަނޑު ކާމިޔާބިޔާބުކޮށްދިނީ މޫސާ މަރެގާއެވެ. މާސެއިއަށް ނަތީޖާ ހަމަހަމަ ކުރުމަށް ޕެނަލްޓީއެއް ލިބުނުނަމަވެސް ޑިމިޓްރީ ޕަޔެޓް ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.

ޕޯޓޯގެ ދެވަނަ ލަނޑަކީ ޕެނަލްޓީއެއްގައި ސާޖިއޯ އޮލިވެއިރާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ޕޯޓޯ މެޗުގައި ޖެހި ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލުއިސް ޑިއާޒްއެވެ.

ސިޓީ ގްރޫޕްގެ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޕޯޓޯ އަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.