ސިޓީން އެއްވަނަައިގައި ތިން ޕޮއިންޓުގެ ލީޑެއް

ސިޓީން އެއްވަނަައިގައި ތިން ޕޮއިންޓުގެ ލީޑެއް

ގުޅުންހުރި

ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީން ވަނީ އަމިއްލަ ދަނޑުގައި ގްރީކުގެ އޮލިމްޕިއާކޯސް އަތުން 3-0 އިން މޮޅުވެފަ އެވެ.

ފެރާން ޓޮރޭޒާއި ގަބްރިއެލް ޖީސޫސް އާއި ޔާއޯ ކަންސޭލޯގެ ލަނޑުތަކުން މޮޅުވެ ސިޓީ ގްރޫޕްގެ އެއްވަނައިގައި އޮތީ ތިންޕޮންޓުގެ ލީޑަކާއެކުއެވެ.

ރޭ ސިޓީގެ ފުރަތަމަ ލަނޑުޖެހި ފެރާން ޓޮރޭޒް ވަނީ ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން ލަނޑުޖެހި އެންމެ ޒުވާން ތިން ކުޅުންތެރިންގެ ލިސްޓުން ޖާގަހޯދާފައެވެ. މިލިސްޓުގައި ދެން ހިމެނެނީ ޕީއެސްޖީއަށް ކުޅެމުން އަންނަ އެމްބާޕޭގެ އިތުރުން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އާލިންގް ހާލެންޑެވެ. ރޭ ސިޓީން ދެވަނަ ލަނޑު ކާމިޔާބުކުރި ޖެސޫސް ވަނީ ޗެމްޕިއަންސް ލީގުގައި ހަލަނޑު ކާމިޔާބުކޮށްފައެވެ.

މިއީ ހަތަރު އަހަރު ތެރޭ މުބާރާތުގެ ފުރަތަމަ ތިންމެޗުން ސިޓީ މޮޅުވި ތިންވަނަ ފަހަރެވެ.

ސިޓީ ގްރޫޕްގެ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޕޯޓޯއަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. އޮލިންޕިއާކޯސް އަށް ތިން ޕޮއިންޓް ލިބިފަވާއިރު މާސޭ ފުލުގަ އޮތީ ޕޮއިންޓެއް ނުލިބިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *