މުންޗެންގްލަޑްބެކް، ޝަހުތަރު ކޮޅަށް 6 ލަނޑު ޖަހާ ގުރޫޕްގެ އެއްވަނައަށް

މުންޗެންގްލަޑްބެކް، ޝަހުތަރު ކޮޅަށް 6 ލަނޑު ޖަހާ ގުރޫޕްގެ އެއްވަނައަށް

Author
އިބްރާހީމް ސާޢިދު
04 ނޮވެމްބަރ 2020 10:37
0

ޗެމްޕިއަންސް ލީގުގައި ގްރޫޕް ބީގައި ޔޫކްރެއިންގެ ޝަކްތަރު ޑޮނެޓްސްކް އަތުން ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބެކް 0-6 ލަނޑުގެ ބޮޑު ނަތީޖާއަކުން ފަސޭހަމޮޅެއް ހޯދާފައެވެ.

މިމެޗުގައި މޮންޗެންގްލަޑްބަކުގެ ފްރާންސް ފޯވާޑް އަލަސާން ޕްލީވަނީ ހެޓްރިކް ހަދާފައެވެ. އެޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކުރީ ރަމީ ބެންސެބައިނީ އާއި ލާސް ސްޓިންޑްލްއެވެ. އެޓީމުގެ އަނެއް ލަނޑަކީ ޝަކްތަރުގެ ވެލަރީ ބޮންޑާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މި ގްރޫޕުގެ އެއް ވަނައިގައި އޮތީ ރޭ ހޯދި މޮޅާއެކު ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބެކް އެވެ. އެ ޓީމަށް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ޝަހުތަރާއި ތިން ވަނައިގައި އޮތް ރެއާލަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް އިންޓަ އަށް އަދި ލިބުނީ ދެ ޕޮއިންޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.