ލުތުފަރު މަރުގެ މައްސަލައިގެ އަޑުއެހުމެއް މިއަދު

ށ. ޅައިމަގު "ކުރިމަގު" ބޯޓުގައި މަސައްކަތް ކުރަމުންދިޔަ ލުތުފަރު، މަރާލި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލް ކޮށްފިއެވެ. ލުތުފަރުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ލުތުފަރާއެކު އެއްބޯޓެއްގައި މަސައްކަތްކުރި ތިން މީހުންކަމަށްވާ އަލަމިން، ނޫރުލްއިސްލާމް، އަދި އެމްޑީ އަޚްތަރު ހުސެއިންގެ މައްޗަށެވެ. ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މަރާލިކަމުގެ ދައުވާއެވެ. ލުތުފަރު މަރާލާފައިވަނީ ކުރިމަގު ބޯޓުގެ ތައްޓު މައްޗަށް ލުތުފަރު ވައްޓާލައި ނޭވާ ހާސްކޮށްލައިގެންކަމަށްވެސް މިމައްސަލައިގެ ދައުވާގައިވެއެވެ. މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ … Continue reading ލުތުފަރު މަރުގެ މައްސަލައިގެ އަޑުއެހުމެއް މިއަދު