ސިއްހީ ހާލަތު ގޯސްވެ މަރަޑޯނާ އަށް ފަރުވާ ދެނީ

ސިއްހީ ހާލަތު ގޯސްވެ މަރަޑޯނާ އަށް ފަރުވާ ދެނީ

ގުޅުންހުރި

އާޖެންޓީނާގެ ފުޓްބޯޅައިގެ ކުރީގެ ތަރި ޑިއޭގޯ މެރެޑޯނާގެ ސިއްހީ ހާލަތު ގޯސްވެ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން އަންނަ ކަމަށް އެގައުމުގެ މީޑިޔާތަކުން ބުނެފިއެވެ.

އޭނާއަށް ފަރުވާދެމުން އަންނަ ޑޮކްޓަރ ބުނީ  މެރެޑޯނާގެ ސިއްހީ ހާލަތު ދަށްވެފައިވަނީ އޭނާއަށް ކުރިމަތިވެފައިވާ ނަފްސާނީ މައްސަލަތަކާއި ގުޅިގެންނެވެ. އަދި ސިކުނޑިޔަށް ލޭދައުރުވުމުގައި މައްސަލަތަކެއް ދިމާވެ މިހާރު އޮޕަރޭޝަނެއް ކޮށްފައިވާކަމަށް ޑޮކްޓަރުންގެ ޓީމާ ހަވާލާދީ މީޑިޔާތަކުން ރިޕޯޓް ކުރެއެވެ.

އުމުރުން 60 އަހަރުގެ މެރެޑޯނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަނީ ހަށިގަނޑުން ފެން މަދުވުމާއި  ހިމަގްލޮބިން ދަށްވެ ލޮނު މަދުވުންފަދަ މައްސަލަތައް އޭނާއަށް ކުރިމަތިވެފައިވާތީއެވެ.

ޑޮކްޓަރ ބުނީ އޭނާއަށް ދިމާވެފައިވާ ސިއްހީ ހާލަތާއި ގުޅިގެން ދިގު މުއްދަތުގެ ފަރުވާއެއް ދޭން ޖެހޭނެ ކަމަށެވެ. 1968 ވަނަ އަހަރު އާޖެންޓީނާ އަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި އޭނާވަނީ މުހިންމު ދައުރެއް އަދާކޮއްފައެވެ.

އޭނާ ވަނީ މިދިޔަ ހުކުރު ދުވަހު 60 ވަނަ އުފަން ދުވަސް ފާހަގަކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *