ނިޒާމީ ވޯޓަށް 80 މިލިއަން ޚަރަދު ކުރުމަށްވުރެ، ރައްޔިތުން ތިބީ މާހާލުގައި: ހައިލަމް

ނިޒާމީ ވޯޓަށް 80 މިލިއަން ޚަރަދު ކުރުމަށްވުރެ، ރައްޔިތުން ތިބީ މާހާލުގައި: ހައިލަމް

Author
މުޙައްމަދު ޝަޒައިމް
01 ޑިސެމްބަރ 2021 09:05
0

ނިޒާމީ ވޯޓަކަށް 80 މިލިއަން ޚަރަދު ކުރުމަށްވުރެ ރައްޔިތުންގެ އަސާސީ ކަންކަން ފުރިހަމަކުރުމަށް އެފައިސާ ޚަރަދުކުރުން މާއައުލާކަންބޮޑު ކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ ޤާޞީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ކުރިން، ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނަގުމުގެ ފުރުސަތު ބޮޑުކަމަށް ރައީސް ނަޝީދުވަނީ ރޭ ވިދާޅުވެފައެވެ. ނަޝީދުގެ މިހާވަތަކައި ގުޅިގެން ހައިލަމް ވިދާޅުވީ ނިޒާމީ ވޯޓަކަށް 80 މިލިޔަނުން ފައިސާ ޚަރަދު ކުރުމަކީ އެއްވެސް ބޭނުން ކަމެއް ނޫންކަމަށެވެ.

ދިވެހި ރައްޔިތުންގެ ތެރެއިން އެތައް ރައްޔިތެއް ދަތި ހާލުގައި އުޅެމުންދާއިރު، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް 80 މިލިޔަނުން ފައިސާ ޚަރަދު ކުރުމަށްވުރެ ރައްޔިތުންގެ ބޭނުންތައް ފުއްދުމަށް މިފައިސާ ޚަރަދުކުރުން މާ އައުލާކަން ބޮޑުކަމަށެވެ. އަދި އެތައް ރައްޔިތަކު މިއަދުވެސް ބޯހިޔާވަހިކަމަށް ފަހިވެފައިވާ ހިޔާ ފްލެޓު ނެހެދި ގޮތް ހުސްވެފައިވާއިރު މިފައިސާ މިކަންކަމަށް ޚަރަދު ކުރުން މާ އައުލާން ބޮޑުކަމަށް ހައިލަމް ވިދާޅުވިއެވެ.

ރައްޔިތުން އުޅެނީ ހިޔާ ފުލެޓްގެ ކުލި އަގު ބޮޑުވެގެން، ޓައިލްސް ޖަހާނެ ފައިސާ ނެތިގެން. ވަކި ބޭފުޅަކަށް ވެރިކަން ލިބޭތޯ ނިޒާމީ ވޯޓަކަށް 80 މިލިއަން ދައުލަތުން ހަރަދު ކުރުމަށްވުރެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށް އެ ފައިސާ ބޭނުންކުރުން މާ ރަނގަޅުވާނެ.

– ހައިލަމް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ 2023ގެ އިންތިޚާބަށް އެމްޑީޕީގެ ޕްރައިމަރީ އޮންނާނެކަމަށާއި، އޭގައި ވާދަކުރައްވާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ޤަބޫލުކުރައްވަނީ 2023ގެ އާއި ހަމައަށް މިހާރު އޮތް ރިޔާސީ ނިޒާމް އޮތުމަށްފަހު އޭގެ ފަހުން އެ ނިޒާމް ނޯންނާނެކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު އެމަނިކުފާނަކީ ބަރުލަމާނީ ނިޒާމަށް އަބަދުވެސް ވަކާލާތުކުރައްވާ ބޭފުލެކެވެ. ރައީސް ނަޝީދު މީގެ ކުރިންވެސް ވިދާޅުވެފައިވަނީ، ބަރުލަމާނީ ނިޒާމެއް ގެނައުމާމެދު 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފެންނަ ނުފެންނަ ވޯޓަކަށް ގޮސް، 2023 ވަނަ އަހަރު ނިޒާމް ބަދަލުކުރުމަށް ހުރިހާ ޕާޓީތަކުން އެއްބަސްވާކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ވެރިިކަމުގެ ނިޒާމް ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި، މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމާވެސް މަޝްވަރާކުރައްވާފައެވެ.

ރައީސް ނަޝީދު ދާދިފަހުން ވިދާޅުވެފައިވަނީ، މިހާރު ކުރައްވަމުން ގެންދަވާ ބަރުލަމާނީ ނިޒާމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާއާއި މަޝްވަރާ ކުރައްވައިގެން ކުރިޔަށް ގެންދަވާ މަސައްކަތެއް ކަމުގައެވެ. އަދި މަސައްކަތާ ގުޅޭ އިތުރު މައުލޫމާތެއް ދެއްވާނީ އިތުރަށް ރައީސުލްޖުމޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހާއި މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމުގައެވެ.

ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ނަޝީދު އިސްވެ ހުންނަވައިގެން ކުރައްވާ މަސައްކަތްތައް ކުރައްވަމުން ގެންދަވަނީ ރައީސް ސާލިހުގެ މަޝްވަރާގެ މަތިންކަމަށް ނަޝީދު ވިދާޅުވި ނަމަވެސް މީގެ ކުރިން ރައީސް ސާލިހު ވިދާޅުވެފައިވަނީ، ބަރުލަމާނީ ނިޒާމެއް ގައުމާމެެދު ވިސްނެވުމަށްވުރެ އެމަނިކުފާނު އިސްކަން ދެއްވަނީ ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް ކަމަށެވެ. އަދި ރައީސް ސާލިހު ވިދާޅުވެފައިވަނި، ބަރުލަމާނީ ނިޒާމަމަށް އަލުން ދިޔަޔަސް ދެވެން އޮންނާނީ ރައްޔިތުންގެ އާންމު ފެންނަ ނުފެންނަ ވޯޓަކުން އެގޮތައް ނިންމައި ހާލަތެއްގައި އެކަނި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަސްއޮޑި ސިރޫ
ހުރިހާ ކަމަކާ ބެހެން މީ ކާކު ހެއްޔެވެ؟ މާލޭގައި އުޅޭ ގޭންގްތަކާއި މަސްތުވާ ކުދިންކޮޅެއް އަތްދަށުގައި ތިބީމާ، އެ ހައސިއްޔަތު ލިބޭހެއްޔެވެ؟ އެ ކުދިންވެސް މީނަ ބޭނުންކުރީ، ކްރިމިނަލް ކޯރޓުގައި ހުރިއިރު އެކުދިންގެ މައްސަލަތައް ބޭރުކޮށް، ލުއި ކޮއްދިންއިރުއެވެ. މިހާރު ތިޔައީ ބޮޑު ބޮލުގައި ރިހުމެކެވެ.
ޢ ޢަވާމެނދުރު
ޢެއީރަށްޔިތުންނަން ބަލާބައެތްތަ ރާޖޭގެރަށްޔިތުންނަންވުރެބޮދައް އިންޑިޔާއައްވެސް މާހެޔޮއެދޭބައެތް އެއީދިވެހިރަށްޔިތުންހެޔޮ ނޭވާހޮޅިޔްށްއެޅިފާއޮތަސް