ސްޕްރީމް ކޯޓުން ޝަރުއީ ނިޒާމުގެ އިތުބާރު ދަމަހައްޓައިފި: އާދަމް ޝަރީފް

ސްޕްރީމް ކޯޓުން ޝަރުއީ ނިޒާމުގެ އިތުބާރު ދަމަހައްޓައިފި: އާދަމް ޝަރީފް

ސްޕްރީމް ކޯޓުން މިއަދު ރާއްޖޭގެ ޝަރުއީ ދާއިރާގައި ގެއްލެމުންދިޔަ އިތުބާރު ދަމަހައްޓާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 5 އަހަރުގެ ޖަލު ޙުކުމް ސުޕްރީމް ކޯޓުން ބާޠިލު ކުރުމަށް ނިންމި ނިންމާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ މިއީ ދިވެހި ތާރީހުގައި ރަން އެކުރުން ލިޔެވޭނެ ދުވަހެއްކަމަށެވެ.

ރާއްޖޭގައި މިއަދު ވެރިކަން ކުރަމުންދާ ފަރާތުން އިންތިހާއަށް ނުފޫޒާއި ބާރު ޝަރުއީ ދާއިރާއަށް ފޯރުވަމުންދާ ދަނޑިވަޅެއްގައި ރާއްޖޭގެ އެންމެ މަތީ ކޯޓުން ވަރަށް ހިތްވަރާއިއެކު އަދުލު އިންސާފު ނެގެހެއްޓިކަމީ ޝަރުއީ ދާއިރާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ. އަދި މިއީ ޝުރުއީ ނިޒާމުގެ އިތުބާރު ނެގެހެއްޓިގެން ދިޔަ ކަމެއްކަމުގައި އޭނާ ވަނީ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވަނީ ސަރުކާރުގެ ނުފޫޒާއި ބާރަށް އެއްވެސް ފަސް ޖެހުމެއްނެތި ރައީސް ޔާމީން މިނިވަން ކުރުމަށް ހުކުމް ކުރިކަމަށްޓަކައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ނިންމި ނިންމުން ބާތިލުކުރަންޖެހޭކަމަށް ފެންނަކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ 3 ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި މައްސަލައިގައި ފަނޑިޔާރު މަހާޒްގެ ރަޢުޔަށް ދެން ތިއްބެވި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އިބްރާހިމް މުހައްމަދުވަނީ ތާއީދުކުރައްވާފައެވެ.

މިމައްސަލާގައި ސުޕްރީމް ކޯޓުގައި ގިނަ އަޑުއެހުންތަކެއް ބާއްވާފައިވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ރައީސް ޔާމީން އެދިވަޑައިގަންނަވަމުން ގެންދެވީ އެމަނިކުފާނާމެދު ވަަރަށް ބޮޑަށް ބޭއިންސާފުން ޢަމަލުކޮށްފައިވާ ކަަމަށާއި އެކަންކަމަށް ރިއާޔަތްކޮށްދިނުމަށެވެ.

އަދި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތަހުގީގު އެންމެންގެ މައްޗަށް ހިންގަމުންދާއިރު, ދަޢުވާ ކޮށްފައިވަނީ އެމަނިކުފާނަށްކަމަށާއި، ބައެއް މީހުންނަށް އެސްއޯއެފްގެ ފައިސާ ލިބިފައިވީ ނަމަވެސް އެއީ ގޯސްކޮށް ލިބުނު ފައިސާއެއް ނޫން ކަމަށް ވެސް ކޯޓުން ބޭރުގައި ނިންމާފައިވާ ކަމަށް ރައީސް ޔާމީން ވަނީ ކޯޓުގައި ވިދާޅުވެފައެވެ.

މިމައްސަލައިގެން އެސްއޯއެފް އަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލޯންޑާ ކުރުމަށް ބޭނުންކުރި އެންމެ ވަރުގަދަ އާލާތްކަމަށް ބުނާއިރު އެކުންފުނީގެ މައްޗަށް ދައުވާއެއް ކޮށްފައި ނެތުމަކީ ހައިރާންވިކަމެއް ކަމަށެވެ.

ރައީސް ޔާމީން މިނިވަން ވުމުން ގިނަ އަދަދެއްގެ ބަޔަކު ދަނީ ޕީޕީއެމް އޮފީސް ކައިރިއަށް އެއްވެ އުފާ ފާޅުކުރަނުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *