މެޑްރިޑުގެ ކޯޗަކަށް އަންނަ ފުރުސަތު ލިބުނު: ކޮންޓޭ

މެޑްރިޑުގެ ކޯޗަކަށް އަންނަ ފުރުސަތު ލިބުނު: ކޮންޓޭ

Author
އިބްރާހީމް ސާޢިދު
03 ނޮވެމްބަރ 2020 04:01
0

ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑުގެ ކޯޗަކަށް އަންނަ ފުރުސަތު ލިބުނުކަމަށް އިންޓިމިލާންގެ ކޯޗު އެންޓޯނީ ކޮންޓޭ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ރެއާލްމެޑްރިޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަދައްކަމުން ކޮންޓޭ ބުނީ މީގެ ކުރިން އޭނާ އަށް މެޑްރީޑުން ހުށެހެޅުމެއް ލިބުނުކަމަށާއި އެކަމަކު އެއީ މެޑްރީޑުގެ ކޯޗު ކަމާހަވާލުވާން އޭނާއަށް އެންމެ ރަނގަޅު ވަގުތުނޫންކަމުން ހުށެހެޅުން ބަލައިނުގަތީކަމަށެވެ. އޭނާ މިހާރު އިންޓަމިލާންގައި ހުރީ ހިތްހަމެޖެހިގެން ކަމަށާއި ބޭނުންވަނީ ދިގުމުއްދަތެއްގައި އިންޓަމިލާނުގައި ކާމިޔާބުހޯދަން ކަމުގައި ކޮންޓޭ ވަނީ ބުނެފައެވެ.

މެޗާ ގުޅޭގޮތުން ވާހަދައްކަމުން ކޮންޓޭ ބުނީ އިންޓަމިލާނަކީވެސް މެޑްރިޑެކޭ އެއްފަންވަރުގެ ވަރުގަދަ ޓީމެއްކަމަށެވެ. އޭނާ ބުނީ މެޑްރިޑުގެ ދަނޑުގައި ކުޅެން އައީ ރަނގަޅު ނަތީޖެއް ހޯދަން އަޒުމް ކަނޑައަޅައިގެންކަމަށާއި އެޓީމުން މެޗުގައި ބޭނުންކުރާނެ ކައުންޓް އެޓޭކްތައް ކާމިޔާބުވާނެކަމަށް އުންމީދުކުރާކަމަށެވެ.

އަހަރެމެން މިތަނައަށް އައީ ކީކުރަންކަން ކުޅުންތެރިންނަށް އެނގޭނެ، ރެއާލް ވަރުގަދެ ވެގެންނެއް އަހަރެމެން ފަހަތަކަށް ނުޖެހޭނަން، އަހަރަމެންނަކީވެސް ވަރުގަދަ ޓީމެއް.

– މެޗުގެ ކުރިން ވާހަދައްކަމުން ކޮންޓޭ ބުނެފައިވެއެވެ.

ކޮންޓޭ ބުނީ ކޯޗެއްގެ ގޮތުގައި ޒިދާން ހޯދާ ކާމިޔާބީތައް ފެނިފަ އޭނާ އުފާވާކަމަށެވެ. މިދެކޯޗުންނަކީ ފުޓްބޯޅަ ކެރިއަރުގައި އެކުގައި ކުޅުނު ދެކުޅުންތެރިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.