ފައިސާ ހޯދަން ސިފައިންގެ މީހަކު ރަހީނުކޮށް އަނިޔާކޮށްފި

މާލޭގެ މަގުމަތިން ސިފައިންގެ މީހަކު ހިފަހައްޓައި، ފައިސާ ހޯދުމަށް ރަހީނުކޮށް އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފިއެވެ. ނަމަވެސް ރަހީނުކުރި މީހުންނަށް ފައިސާ ލިބިފައިނުވާތީ، އޭނާއަށް އަނިޔާކުރުމަށްފަހު ވަނީ މިއަދު ހެނދުނު އައިޖީއެމްއެޗް ކައިރިއަށް ގެންގޮސް އޭނާ އެތަނަށް ވައްޓާލާފައެވެ. ރަހީނުކޮށް އަނިޔާކޮށްފައިވަނީ، ސިފައިންގެ ކޯސްޓްގާޑުގައި މަސައްކަތްކުރާ ޢުމުރުން 37 އަހަރުގެ ޙަސަން ފަހީމްއަށެވެ. ފަހީމް ރަހީނުކޮށްފައިވަނީ މާފަންނު އޭސް ހާޑުވެޔަރ ކައިރީ ހަނި ގޯޅިއަކުން ހިނގާފައިދަނިކޮށެވެ. ފަހީމް ރަހީނުކުރުމަށްފަހު ފައިސާދޭން ދެމީހަކު ޑިމާންޑުކުރިއެވެ. ނަމަވެސް ފަހީމް އަތުގައި … Continue reading ފައިސާ ހޯދަން ސިފައިންގެ މީހަކު ރަހީނުކޮށް އަނިޔާކޮށްފި