ސްޕެނިޝް ލަލީގާގައި ވިޔަރެއާލް ކުޅުނު މެޗު އެޓީމުން ކާމިޔާބުކޮށް ތާވަލުގެ ތިންވަނައަށް ކުރިޔަށްޖެހިލާފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވިޔަރެއާލް މޮޅުވީ ރެއާލްވަލްޑޮލިޑްއާ ވާދަކޮށް 2-0 ލަނޑުން މެޗު ކާމިޔާބުކޮއްގެންނެވެ. ފުރަތަމަހާފްގައި ލަނޑުތައް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ލަނޑު ވިޔަރެއާލުން ކާމިޔާބުކުރީ މެޗުގެ 21 ވަނަ މިނިޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސެމިއުލް ޗުކުވުއޭޒްއެވެ. ވިޔަރެއާލުން ލީޑް އިތުރަށް ފުޅާކުރީ މެޗުގެ 37 ވަނަ މިނިޓުގައި ޕައު ޓޮރޭސް ކާމިޔާބުކުރި ލަނޑުންނެވެ.
މި މޮޅާއެކު ވިޔަރެއާލް ތާވަލުގެ ތިންވަނައިގަ އޮތީ 8 މެޗުން ހޯދި 15 ޕޮއިންޓާއެކުއެވެ. ލީގުގެ އެއްވަނައިގަ ރެއާލް ސޮސެއިޑާޑް އޮތީ 17 ޕޮއިންޓާއެކުއެވެ. ސޮސެއީޑާޑްއަށް ވުރެ އެއްމެޗު މަދުން ކުޅެގެން އެންމެފަހުގެ ޗެމްޕިއަން ރެއާލް ދެވަނާގަ އޮތީ 16 ޕޮއިންޓާއެކުއެވެ. ލީގުގައި ހަތަރުވަނައިގަ އެތުލެޓިކޯ މެޑްރިޑް އޮތީ ހަމެޗުން 14 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގައި މިވަގުތު ބާސެލޯނާ އޮތީ އެއްވަނާގައިވާ ސޮސެޑާޑްއަށް ވުރެ 8 ޕޮއިންޓް ފަހަތުން 8 ޕޮއިންޓާއެކު ތާވަލުގެ 12ވަނައިގައެވެ.