ލީޑްސްގެ މައްޗަށް ކުރިހޯދާ ލެސްޓާއިން ތާވަލުގެ ދެވަނައަށް

ލީޑްސްގެ މައްޗަށް ކުރިހޯދާ ލެސްޓާއިން ތާވަލުގެ ދެވަނައަށް

ގުޅުންހުރި

އިނގިރޭސި ލީގުގައި ލީޑްސްޔުނައިޓެޑުގެ މައްޗަށްކުރި ހޯދާ ލެސްޓަރ ސިޓީ ތާވަލުގެ ދެވަނަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗު ލެސްޓާއިން ކާމިޔާބުކުރީ 4-1 ލަނޑުންނެވެ. މެޗުގެވަރަށް ކުރީކޮޅު ލެސްޓާއިން ލީޑު ނެގިއިރު ފުރަތަމަ ހާފްގައި ލެސްޓާ ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. މެޗުފަށައިގެން ދެވަނަ މިނިޓުގައި ވާޑީ ދިން ބޯޅައަކުން ހާވީ ބާންސް ލީޑުނަގައިދިން އިރު ލެސްޓާއިން މިހާފުގެ 21 ވަނަ މިނިޓުގައި ލީޑް އިތުރަށް ފުޅާކޮއްދިނީ ޔޫރީ ޓައިލެމަންސްގެ ލަނޑުންނެވެ. 121 ސިކުންތުގެ ތެރޭގައި ބާންސް ކާމިޔާބުކުރި ލަނޑަކީ ޝިންޖީ އޮކަޒާކީ 2017 ވަނަ 52 ސިކުންތުން ލަނޑުޖެހިފަހުން ލީގުގައި ޖެހި އެންމެ އަވަސް ލަނޑެވެ.

މެޗުގެ ދެވަނަހާފް ފަށައިގެން ތިންވަނަ މިނެޓްތެރޭގައި ލީޑްސްގެ ސުޓުވާޓް ޑަލްލާސް ވަނީ ލަނޑެއްޖަހާފައެވެ. ލެސްޓާގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ޖިމީވާޑީއެވެ. މިއީ އެނާ ލީގުގައި ކާމިޔާބުކުރި 110 ވަނަ ލަނޑެވެ. ލެސްޓާގެ ހަތަރުވަނަ ލަނޑަކީ މެޗުގެ އިތުރުވަގުތު ތެރޭގައި ލިބުނު ޕެނެލްޓީއަކުން ޓައިލެމަންސް ކާމިޔާބުކޮށްދިން ލަނޑެކެވެ. އޭނާ ވަނީ ލެސްޓާއިން ލީގުގައި އެންމެފަހުން ރަށުން ބޭރުގައި ކުޅުނު ތިންމެޗުގައިވެސް ލަނޑުޖަހާފައެވެ.

ލީގުގައި އެންމެފަހުން ލެސްޓާއާ ކުރިމަތިލީ ހަތަރުފަހަރު ވެސް ލީޑްސްއަށް ވަނީ އެޓީމުގެ މައްޗަށް ކުރި ނުހޯދިފައެވެ. މިއީ ލީގުގައި 20 އަހަރުފަހުން ލީގުގައި ފުރަތަމަ ހަތްމެޗުން ލެސްޓާސިޓީ ހޯދީ އެންމެ ރަނގަޅު ނަތީޖާއެވެ. މިއާއެކު ލެސްޓާއިން ވަނީ ލީގުގެ ކުރީގައި އޮތް ލިވަޕޫލްއަށް އެއްޕޮއިންޓް މަދުން ހޯދައިގެން ތާވަލުގެ ދެވަނައަށް ކުރިޔަށްޖެހިލާފައެވެ.

ލީގުގައި ރޭ ފުލަމް ވަނީ އެޓީމުގެ ކުޅުނު މެޗު ކާމިޔާބުކޮށް ފުރަތަމަ މޮޅު ހޯދާފައެވެ. އަމިއްލަ ދަނޑުގައި ކުޅެ ފުލަމް މޮޅުވީ ވެސްޓްބްރޮމްއާ ވާދަކޮށް 2-0 ލަނޑުންނެވެ. މިނަތީޖާއެކު ފުލަމް އެއްޕޮއިންޓް އިތުރަށް ހޯދައިގެން ރެލިގޭޝަން ޒޯނުން ފެޔަށް ޖެހިލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *