އިއްޔެއަކީ، ޖަޕާނުގައި ފާއިތުވެދިޔަ 15 މަސްދުވަހުގެ ތެރޭގައި ކޯވިޑް ބަލީގައި މީހަކު މަރުނުވާ ފުރަތަމަ ދުވަސް

އިއްޔެއަކީ، ޖަޕާނުގައި ފާއިތުވެދިޔަ 15 މަސްދުވަހުގެ ތެރޭގައި ކޯވިޑް ބަލީގައި މީހަކު މަރުނުވާ ފުރަތަމަ ދުވަސް

Author
ހުސެއިން
08 ނޮވެމްބަރ 2021 06:58
0

ޖަޕާނުގެ އެކި ސަރަހައްދު ތަކުގައި، ކޯވިޑް19އަށް ޕޮޒިޓިވް ވާމީހުންގެ އަދަދު ދަށްވަމުން ދާއިރު، ފާއިތުވެދިޔަ 15 މަސްދުވަހުގެ ތެރޭގައި އެގައުމުގައި ކޯވިޑް ބަލީގައި މީހަކު މަރުނުވާ ފުރަތަމަ ދުވަސްކަމުގައި މި ހަފްތާގެ އާދީއްތަ ދުވަސް ވެގެން ހިގައްޖެއެވެ.

ޖަޕާންގެ ހެލްތު އޮފިޝަލުން ހޯމަ ދުވަހު ވިދާޅުވެފައިވަނީ، މިހަފްތާގެ އާދީއްތަ ދުވަހު، ކޯވިޑް ބަލީގައި އެގައުމުގައި އެއްވެސް މީހަކު މަރުވެފެފައި ނުވާ ކަމުގައެވެ. މިގޮތުން، ކޯވިޑް ކާރިސާ ދުނިޔޭގައި އާންމުވާން ފެށިފަހުން، ޖަޕާނުގައި ކޯވިޑް ބަލީގައި މަރުވެފައިވާ މީހުންގެ އަދަދު މިހާރުވަނީ 18،310އަށް އަރާފައެވެ.

ޖަޕާނުގައި ކޯވިޑް19ގެ ހާލަތު ވަރަސް ބޮޑުތަނުން ރަގަޅު ވެފައި ވާއިރު، އެގައުމުންވަނީ، ވެކްސިން ފުރިހަމަ ކޮށްފައިވާ ކިޔަވާ ކުދިންނަށާއި، ކުރު މުއްދަތުގެ ވިޔަފާރި ތަކުގައި އެގައުމަށް ދަތުރު ކުރާ މީހުންނަށާއި ޖަޕާނުގައި މަސައްކަތް ކުރާ ފަރާތްތަކަށް އެގައުމަށް އެތެރެ ވުމުގެ ހުއްދަ ދޭން ނިންމާފައެވެ. އެހެންނަމަވެސް އެ ފަރާތްތަކުގެ ބަލަދުވެރި ފަރާތްކުން، އެފަރާތްތަކުގެ ހަރަކާތްތަކަށް ޒިންމާ އުފުލަންޖެހުމުގެ އިތުރުން، 10 ދުވަހުގެ ކަރަންޓީންވެސް ފުރިހަމަ ކުރަން ޖެހެއެވެ.

ޖަޕާނުގައި އެންމެ ފަހުން ކޯވިޑް ބަލީގައި މީހަކު މަރުނުވެ ދިޔަ ދުވަހަކީ 2020ވަނަ އަަހަރުގެ އޮގަސްޓުމަހުގެ 2 ވަނަ ދުވަހެވެ.

އެއަށްފަހު ޖަޕާނަށް ވަނީ، ކޯވިޑްގެ ނުރައްކާތެރި އެތަކެއް ރާޅަކާ ކުރިމަތިލާން ޖެހިފައެވެ. މީގެ ތެރޭގައި، ފާއިތިވެދިޔަ އަހަރުގެ ހޫނުމޫސުމުގައި އެގައުމުގައިވަނީ ކޯވިޑް19ގެ ޑެލްޓާ ވޭރިއެންޓްވެސް ފެތުރިގެން ގޮސްފައެވެ. އެދުވަސްވަރު ދުވާކަލަކަށް 25،000 މީހުންވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި އެ ދުވަސްވަރު، ޖަޕާނުގެ ސިއްޙީ ނިޒާމަށް ބާރުބޮޑުވެ، މުޅި ސިއްޙީ ނިޒާމެ އެކީ ފެއިލްވެގެން ދިއުމުގެ ބިރު ހީވެގެން ދިޔައެވެ. އެދުވަސްވަރު ވެރިރަށް ޓޯކިޔޯއިން ޕޮޒިޓިވްވާ ރޭޓް ދުވާލަކު 6،000 އަށް އަރައިގެން ދިޔައެވެ.

ޖަޕާނުގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށް ދާން ފަށާފައިވަނީ ފާއިތުވި ސެޕްޓެމްބަރު މަހުން ފެށިގެންނެވެ. ސިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި، ޕޮޒިޓިވް ވާމީހުންގެ އަދަދު ދަށަށް ދާން ފަށާފައިވަނީ، ވެކްސިން ދިނުމުގައި ލިބިގެން ގޮސްފައިވާ ކުރިއެރުމުގެ އިތުރުން، ގިނަބަޔަކު މާސްކު އަޅައިގެން އުޅުމުގެ އިތުރުން ޑިސްއިންފެކްޓު ކުރަމުން ދިއުމުގެ ސަބަބުން ކަމުގައެވެ.

ވެކްސިން ދޭން ފެށިއިރު، ވެކްސިން ދެމުންދާ ރޭޓް ޖަޕާނުގައި ދަށުގައި ހުރިނަމަވެސް، ފާއިތުވި ޖޫންމަހުން ފެށިގެން ޖަޕާނުގައިވަނީ ވެކްސިން ދޭ ރޭޓް މަތިކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާރު ޖަޕާނުން އާބާދީގެ %74 އަށްވަނީ ވެކްސިން ދީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.