ފާޑުކިޔުން ބޮޑުވެ އެންމެފަހުން ނަސްރުގެ ދުވަހުގެ ޕްރޮގުރާމެއް ޓީވީއެމްއިން ދައްކަނީ

ފާޑުކިޔުން ބޮޑުވެ އެންމެފަހުން ނަސްރުގެ ދުވަހުގެ ޕްރޮގުރާމެއް ޓީވީއެމްއިން ދައްކަނީ

Author
މުޙައްމަދު ޝަޒައިމް
03 ނޮވެމްބަރ 2021 02:32
0

ނަސްރުގެ ދުވަހާއި ގުޅިގެން ދައުލަތުގެ މީޑިއާއާއިން، ދުވަހައި ގުޅޭ އެއްވެސް ޕްރޮގުރާމެއް ނުދައްކާ ގޮތަކަށް ޝެޑިއުލް ނެރުމަށްފަހު ކުއްލިއަކަށް ނަސްރުގެ ދުވަހުގެ ޕްރޮގުރާމެއް ދައްކަން ނިންމައިފިއެވެ.

ދައުލަތުގެ މީޑިއާ ޓީވީއެމްއިން މިއަދަށް ނެރުނު ޝެޑިއުލްގައި ދުވަހައި ގުޅޭ ޚާއްސަ އެއްވެސް ޕްރޮގުރާމެއް ހިމަނާފައިނުވެއެވެ. މިކަމާއި ގުޅިގެން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޕީއެސްއެމްއެން ހިންގުމާއި ހަވާލުވެ ހުންނެވި މެނޭޖިރެކްޓަރ އަލީ ޚާލިދު ވިދާޅުވީ އޭނާ ޕީއެސްއެމްއާ ހަވާލުވެ ވަޑައިގެންނެވީއްސުރެ ނަސްރުގެ ދުވަހަކީ "ބީ ކެޓަގަރީ" ގެ ދުވަހެއް ކަމަށެވެ. އެއީ ކުރީއްސުރެ އަމަލު ކުރަމުން އައި ގޮތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ޚާލިދު ބުނާ ގޮތުން އޭ ކެޓަގަރީގައި ހިމެނެނީ ނޮވެމްބަރު 11 ގައި ފާހަގަކުރާ ޖުމްހޫރީ ދުވަހާއި ޖުލައި 26 ގައި ފާހަގަކުރާ މިނިވަން ދުވަސް އަދި އީދު ފަދަ ދުވަސްތަކެވެ. ޓީވީއެމްއިން ނަސްރުގެ ދުވަހުގެ ޕްރޮގުރާމެއް ދެއްކުމަށް ޝެޑިއުލް ކޮށްފައި ނުވިނަމަވެސް ފާޑުކިޔުން ބިޑުވުމުން ކުއްލިއަކަށް މިއަދު 2:30 ގައި ޕްރޮގުރާމެއް ދެއްކުމަށް ވަނީ ޝެޑިއުލްކޮށްފައެވެ.

ބޮޑަށް ބެލެވޭ ގޮތުގައި މި ޕްރޮގުރާމު ޝެޑިއުލްކޮށްފައިވަނީ، މީޑިއާތަކުން ދުވަހާއި ގުޅޭ އެއްވެސް ޕްރޮގުރާމެއް ނުގެންދީ ފާޑުކިޔުން ޕްރެޝަރުތައް ކޮންޓްރޯލް ކުރުމަށް ކަމަށް ބެލެވެއެވެ.

ނަސްރުގެ ދުވަހަކީ ދައުލަތުގެ މީޑިއާއިއިން މީގެ ކުރިން ކުލަގަދަކޮށް ފަހަގަކޮށް، ތަފާތު ޕްރޮގުރާމުވެސް ދެއްކި ދުވަހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގުޑުގުޑާ
ސްކޫލުތަކަށް ނާންގަމޭ ބުރުގާނާޅާ ހުރި އެޑިއުކޭޝަން މިނިސްޓަރު ބުނަނީ. އެކަމަކު ސްކޫލުން ބުނެގެން ލީފްލެޓެއް ހަދަން ފޮޓޯ ހިފައިގެން ދިޔައިމަ ކުއްލިއަކަށް ދިވެހި ޓީޗަރު ޝެޑިއުލް ބަދަލުކޮށްލައިފިކަމަށް ގްރޭޑް ފަހެއްގަ އުޅޭ ދަރިފުޅުވެސް ބުނި. ދެން މިމުނާފިގު ބުރުގާނާޅާ މީހާ މިކިޔަނީ ކީކޭ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟
މ މަސްވެރިއެއް
މިސަރުކާރުން ވަރަށް ލަދުގަންނާނެ ނަސްރުގެ ދުވަސް ފާހަގަ ކުރަން ދައްކަން ޖެހޭނީ މިސަރުކާރުގެ ބަފައިބެވާހަކަ އާއި މަޖުލިސް ރައީސްގެ ވާހަކަ ވިއްޔަ، ނަސްރުގެ ދުވަސް ފާހަގަ ކުރަން ނުކެރުންތާގަ، ސްކޫލުތަކަށް ވެސް އަންގަނީ ދަރިވަރުންނަށް ވެސް ބާޣީންނަކީ ކޮންބައެއްކަން ނާނަގަން ފޮޓޯއެއްވެސް ނުދައްކަން.
ހ ހޯހޯ
ނުކުރާނެ މިސަރުކާރަކުން ލަދުންވެސް ނުކުރާނެ