ޓޮޓެންހަމްގެ ކޯޗަކަށް ކޮންޓޭ ހަމަޖައްސައިފި

ޓޮޓެންހަމްގެ ކޯޗަކަށް ކޮންޓޭ ހަމަޖައްސައިފި

Author
ޔޫސުފް
02 ނޮވެމްބަރ 2021 09:34
0

އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕަރގެ ކޯޗަކަށް އެންޓޯނިއޯ ކޮންޓޭ ހަމަޖައްސައިފިއެވެ.

އިޓަލީގެ މަޝްހޫރު ކޯޗު ކޮންޓޭ ޓޮޓެންހަމްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ އެ ކްލަބް ކޯޗަކަށް ހުރި ނޫނޯ އެސްޕިރީޓޯ ސަންޓޯ މަގާމުން ވަކިކުރުމަށްފަހުއެވެ. ޓޮޓެންހަމްގެ ކޯޗުކަމާއި ހަވާލުވިތާ ހަތަރު މަސް ދުވަސް ފަހުން ނޫނޯ މަގާމުން ވަކިކޮށްފައިވަނީ އެދެވޭ ނަތީޖާއައެއް އެ ކްލަބަށް ނެރެވިފައި ނުވާތީއެވެ.

އުމުރުން 52 އަހަރުގެ ކޮންޓޭ ޓޮޓެންހަމްގެ ކޯޗުކަމާއި ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުގެ ނިޔަލަށެވެ.

އިޓަލީގެ އިންޓަ މިލާން އަދި ޔުވެންޓަސް އަށާއި ޗެލްސީއަށް ވެސް ލީގު ކާމިޔާބުކޮށްދީފައިވާ ކޮންޓޭ އެންމެ ފަހުން ކޯޗުކަން ކޮށްދީފައިވަނީ އިންޓަމިލާން އަށެވެ. މިދިޔަ އަހަރު އިޓަލީ ލީގު އިންޓަ އަށް ކާމިޔާބު ކޮށް ދިނުމަށް ފަހު އެޓީމުގެ ކޯޗުކަމުން ވަކިވި ފަހުން ކޮންޓޭ ހުރީ ޓީމަކާ ހަވާލުނުވެއެވެ.

ޓޮޓެންހަމާ ކޮންޓޭ ހަވާލުވިއިރު، އެ ޓީމު އޮތީ ލީގު ތާވަލުގެ ނުވަވަނައިގައި ކުޅުނު 10 މެޗުން ލިބުނު 15 ޕޮއިންޓާއެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.