ޓޮޓެންހަމްގެ ކޯޗުކަމުން ނޫނޯ ވަކިކޮށްފި

ޓޮޓެންހަމްގެ ކޯޗުކަމުން ނޫނޯ ވަކިކޮށްފި

Author
ޔޫސުފް
02 ނޮވެމްބަރ 2021 09:45
0

ޓޮޓެންހަމް ހޮޓްސްޕަރގެ ކޯޗުގެ މަގާމުން ނޫނޯ އެސްޕެރިޓޯ ސަންޓޯ ވަކިކޮށްފިއެވެ.

ނޫނޯ އެސްޕެރިޓޯ ޓޮޓެންހަމްގެ ކޯޗުގެ މަގާމުން ވަކިކޮށްފައި މިވަނީ އެ މަގާމާއި ހަވާލުވިތާ 4 މަސް ދުވަސް ފަހުންނެވެ. ވުލްވްސް ދޫކޮށް މިދިޔަ އަހަރު ނޫނޯ އެސްޕެރިޓޯ ޓޮޓެންހަމާއި ހަވާލުވީ 2 އަހަރުގެ ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނޫނޯ އެ ކްލަބާއި ހަވާލުވުމުގެ ކުރިން ކޯޗަކަށް ހުރީ ހޯސޭ މޮރީނިއޯއެވެ. އޭނާ ކޯޗުކަމުން ވަކިކުރީ ނަތީޖާތައް ދައްވުމުގެ ސަބަބުންނެވެ.

ނޫނޯ މަގާމުން ވަކި ކުރި މައިގަނޑު އެއް ސަބަބަކަށް މިދިޔަ ހޮނިހިރު ދުވަހު ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުން ހިމެނެއެވެ. ޓޮޓެންހަމް ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމު ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.

ލީގުގައި ޓޮޓެންހަމް މިހާތަނަށް ކުޅުނު 10 މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވި އިރު، ފަސް މެޗުން ވަނީ ބަލިވެފައެވެ. އެ ޓީމު އޮތީ ތާވަލްގެ އަށް ވަނައިގައި 15 ޕޮއިންޓާއެކުގައެވެ.

ރިޕޯޓުތައް ބުނާގޮތުން ޓޮޓެންހަމްގެ ކޯޗުކަމުގެ މަގާމާއި ދެން ހަވާލުވާނީ އެންޓޯނިއޯ ކޮންޓޭއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.