ބާރަށު ދާއިރާއިން 300 އަށްވުރެ ގިނަ މީހުން ޕީޕީއެމްއާއި ގުޅިއްޖެ

ބާރަށު ދާއިރާއިން 300 އަށްވުރެ ގިނަ މީހުން ޕީޕީއެމްއާއި ގުޅިއްޖެ

Author
މުޙައްމަދު ޝަޒައިމް
31 އޮކްޓޯބަރ 2021 09:55
0

ބާރަށު ދާއިރާއިން 300 އަށް ވުރެ ގިނަ މީހުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި ގުޅިއްޖެއެވެ.

ޕީޕީއެމްއިން ބުނެފައިވަނީ ބާރަށު ދާއިރާގެ ހަތަރު ރަށަށް ނިސްބަތްވާ 325 މީހުންގެ ފޯމް މިއަދު އެޕާޓީއާއި ހަވާލު ކޮށްފައިވާކަމަށެވެ. މިފޯމްތަކާއި ހަވާލުވީ ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. ބާރަށު ދާއިރާއިއަކީ ޕީޕީއެމްއަށް ތާއީދު ބޮޑު ދާއިރާއެކެވެ. އެދާއިރާގެ ކުރީގެ މެމްބަރަކީ މިހާރުގެ ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއެވެ.

ޕީޕީއެމްއިން އެޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާބޮޑު ހަރަކާތްތަކެއް މިދުވަސްވަރު ނުކުރި ނަމަވެސް އަތޮޅު ތެރޭގެ ގިނަ ރަށްތަކަކުން އެޕާޓީއާއި ގުޅޭ މީހުންގެ އަދަދު މަދެއް ނުވެއެވެ. ޕީޕީއެމްއިން މެމްބަރުން އިތުރު ކުރުމުގެ ހަރަކާތްތައް މަޑު ޖައްސާލާފައިވަނީ އެޕާޓީން މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި "މިނިވަންކަމުގެ ދިފާއުގައި" ނަމުގައި ހިންގާ ޚާއްސަ ކެމްޕެއިން ހަރަކާތެއް ހިންގާތީކަމަށް މައުލޫމާތު ލިބެއެވެ.

ޕީޕީއެމްއިން ދަނީ ސަރުކާރު ޒިންމާދާރުކޮށް ޖަވާބު ދާރީ ކުރުމަށް މަގުމަތީގައިވެސް ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އެގޮތުން އަންނަ ހުކުރު ދުވަހުވެސް މިނިވަންކަމުގެ ދިފާއުގައި ޚާއްސަ ހިނގާލުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.