ޓޫރިޒަމް އިޝްތިހާރު ކުރުމަށް ރާއްޖެ އެމިރޭޓްސްއާ އެކު އެމްއޯޔޫއެއް

ޓޫރިޒަމް އިޝްތިހާރު ކުރުމަށް ރާއްޖެ އެމިރޭޓްސްއާ އެކު އެމްއޯޔޫއެއް

Author
މުޙައްމަދު ޝަޒައިމް
26 އޮކްޓޯބަރ 2021 09:48
0

ދުނިޔޭގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓުކުރަން އެމިރޭޓްސް އެއާލައިނާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ދުބާއީގައި މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ފެއާ، ދުބާއީ އެކްސްޕޯ 2020 ގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވަޑައިގެންނެވިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގްލޯބަލް މާކެޓުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ޓޫރިޒަމް މިނިސްޓްރީ އާއި ވިޒިޓް މޯލްޑިވްސް އިން ޔޫއޭއީގެ ގައުމީ އެއާލައިން، އެމިރޭޓްސް އެއާލައިނާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. ސޮއި ކުރި އެމްއޯޔޫ އާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް މަބްރޫކް ވެސް އަދި އެހެން އިދާރާއަކުން ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއަށް މިހާރުވެސް އެންމެ ގިނައިން ޓޫރިސްޓުން ގެންނަ އެއާލައިން ކަމަށްވާ އެމިރޭޓްސްއާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ޓޫރިޒަމް އިޝްތިހާރު ކުރަން ރާއްޖޭން ހެދި މެމޮރަންޑަމް އޮފް އަންޑެސްޓޭންޑިން (އެމްއޯޔޫ)ގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި އެމްއެމްޕީއާރްސީގެ އެމްޑީ ތޮއްޔިބު މުހައްމަދުއެވެ.

މި އެމްއޯޔޫއާ ބެހޭ ގޮތުން އެމްއެމްޕީއާރްސީން ބުނީ އޭގެ މަގުސަދަކީ އެމިރޭޓްސްގެ ނެޓްވޯކުގެ ތެރޭގައި ރާއްޖެ އިޝްތިހާރުކޮށް، ޕްރޮމޯޓް ކުރުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.