ރާއްޖޭގެ މިނިވަންކަމާއި، ދިޔާދަތާއި އިސްތިޤުލާލު ރައްކާތެރި ކުރުމަށް ދިވެހި ރައްޔިތުން އަބަދުވެސް ތިބޭނީ ތައްޔާރަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިއްޔެ އިދިކޮޅު ކޯލިޝަނން މިނިވަންކަމުގެ ދިފާއުގައި މާލޭގައި ބޭއްވި ހިނގާލުމުގައި ބައިވެރިވި މީހުންނަށް ޝުކުރު އަދާކޮށް ޝިޔާމް ވިދާޅުވީ ދިވެހިންގެ މިނިވަންކަން ދިފާއު ކުރުމަށް ދިވެހި ރައްޔިތުން އަބަދުވެސް ތިބޭނީ ތައްޔާރަށް ކަމުގައެވެ. އިއްޔެ މާލޭގެ މަތުތަކަށް އެތައް ސަތޭކަބަޔަކު އެއްވެ ގޮވާލާފައިވަނީ އަޅުވެތިކަމާއި ދެކޮޅަށް ކަމަށާއި، ދިވެހި ރައްޔިތުންނަކީ އަޅުވެތިކަމަށް ޖާގަ ދޭނެ ބައެއް ނޫންކަމަށެވެ. މިނިވަންކަމުގެ ދިފާއުގައި މަގުތައް ފުރާލައި، ޤައުމުގެ ހައްގުގައި ނިކުތުމަށް އަބަދުވެސް ދިވެހި ރައްޔިތުން ތިބޭނީ ތައްޔާރަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ސުލްހަވެރި 'މިނިވަންކަމުގެ ހިނގާލުމުގައި' ބައިވެރިވެވަޑައިގެންދެއްވި ހުރިހާބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން. ރާއްޖޭގެ ގެ މިނިވަންކަން ދިފާޢުކުރަންނިކުމެ މަގުތަށްފުރާލަން ދިވެހިން ތިބޭނީ އަބަދުވެސް ތައްޔާރަށް.
– ޝިޔާމް ވިދާޅުވިއެވެ.
ސުލްހަވެރި 'މިނިވަންކަމުގެ ހިނގާލުމުގައި' ބައިވެރިވެވަޑައިގެންދެއްވި ހުރިހާބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން. ???????? ގެ މިނިވަންކަން ދިފާޢުކުރަންނިކުމެ މަގުތަށްފުރާލަން ދިވެހިން ތިބޭނީ އަބަދުވެސް ތައްޔާރަށް. #DefendMaldives #FreePresidentYameen pic.twitter.com/lVRu0P0wFd
— Ahmed Shiyam (@Shiyamaldives) October 23, 2021
ފުލުހުންގެ ހުއްދައާއި އެކު "މިނިވަންކަމުގެ ހިނގާލުން" ނަމުގައި ކުރިއަށް ގެންދިޔަ ހިނގާލުމުގައި އެމްޑީޕީ އުފެއްދުމުގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން "އިންގިލާބީ ހަރަކާތް"ގެ ނަމުގައި ހިނގާލުމުގައި ބައިވެރިވެފައިވެއެވެ. މިހިނގާލުމުގައި ގޮވާލީ އިންޑިއާ ސިފައިންނާއި އިސްތިއުމާރީ ސިފައިން ރާއްޖެ އިން ބޭރުކުރުމަށާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭ ގޮތަށް ހަދާފައިވާ އެއްބަސްވުންތައް ހާމަކުރުމަށެވެ.
ޕީޕީއެމުން ބުނީ ހިނގާލުމުގެ ބޭނުމަކީ ރާއްޖޭގައި ބޭރުގެ ސިފައިން ދިގު މުއްދަތަކަށް ގާއިމުވެގެން ތިބުމަކީ ދިވެހިން ނުރުހޭ ކަމެއް ކަމަށް ސަރުކާރަށް އަންގައިދިނުން ކަމަށެވެ. އިދިކޮޅު ކޯލިޝަނުން ގެންދަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ ތަފާތު އެކިއެކި ސިޔާސީ ހަރަކާތްތައް ހިންގަމުންނެވެ. އަދި އެމީހުން ރާއްޖޭގެ މިނިވަންކަމާއި ސިޔާސަތު ގެއްލޭ ގޮތަށް އަމަލުކުރަމުންދާ ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.