ޖެނިފަރ ގޭޓްސްއާއި، މިސްރުގެ ރައްޔިތެއްކަމުގައިވާ ނަޔެލް ނާސިރު ކައިވެނީގެ ހަފްލާގައި

ބިލް ގޭޓްސްގެ އަންހެން ދަރިފުޅުގެ، 2 މިލިއަން ޑޮލަރުގެ އަގުބޮޑު ކައިވެނީގެ ފޮޓޯތައް އާންމު ކޮށްފި

ބިލް ގޭޓްސްގެ އަންހެން ދަރިފުޅުގެ، 2 މިލިއަން ޑޮލަރުގެ އަގުބޮޑު ކައިވެނީގެ ފޮޓޯތައް އާންމު ކޮށްފި

ބިލިއަނަރ ބިލް ގޭޓްސްއަށްފަހު، އޭނާގެ މަގާމަށް ވަޑައިގަންނަވަން ތައްޔާރަށް ހުންނެވި، އޭނާގެ ދޮށީ އަންހެން ދަރިފުޅު، ޖެނިފަރ ގޭޓްސް، މިސްރުގެ ރައްޔިތެއް ކަމުގައިވާ ނަޔެލް ނާސިރު އާއި އިސްލާމީ ސަގާފަތާ އެއްގޮތަށް ބޭއްވުނު ހަފްލާއެއްގައި ކައިވެނި ބައްލަވައިގަތުމަށްފަހު، އަގުބޮޑު ކައިވެނީގެ ހަފްލާގެ ފޮޓޯތައް އާންމު ކޮށްފިއެވެ.

ބިލް ގޭޓްސްގެ ދޮށީ އަންހެން ދަރިފުޅު، ޖެނިފަރ ގޭޓްސް ކައިވެނި ބައްލަވައިގެންނެވި، ނަޔެލް ނާސިރުއަކީ އަސްދުއްވުމަށް ކުޅަދާނަ މީހެކެވެ.

މި ދެ ލޯބިވެރިން އެމީހުންގެ ކައިވެނި ހަފްލާ ބާއްވާފައިވަނީ، އެމެރިކާގެ ނިއުޔޯކުގެ ވެސްޓްޗެސްޓަރގެ އަމިއްލަ ބިމެއްގައި، މިމަހުގެ 16ވަނަ ދުވަހުއެވެ.

ގޭޓްސްއައި ނަޔެލް ފޮޓޯ ޝޫޓަކަށް ހުއްޓިގެން

މި ހަފްލާގައި ގޭޓްސް ވެޑިންގެ ޑްރެސްއެއްގެ ގޮތުގައި ލައިގެން ހުންނެވީ އެމެެރިކާގެ މަޝްހޫރު ޑިސައިނަރ އެއްކަމުގައިވާ ވޭރާ ވޭންގެ ޑިޒައިންގެ ހެދުމުކެވެ. އަދި ނާސިރު ހުންނެވީ ކްލެސިކް އަރުމާނީ ސްޓައިލުގެ ހެދުމެއްގައެވެ.

ޖެނިފަރ ގޭޓްސް ވެޑިން ރިސެޕްޝަންގަ، ފިރިކަލުން ނާސިރުއާ އެކީ

ދެލޯބިވެރިންގެ ކައިވެނީގެ ރަސްމިއްޔާތު ފެށިގެންދިޔައީ އޮކްޓޯބަރު މަހުގެ 15ވަނަ ދުވަހުގެ ހަވީރު އިސްލާމީ ސަގާފަތާ އެއްގޮތަށް ބޭއްވުނު ރަސްމިއްޔާތަކަށް ފަހުއެވެ. މި ރަސްމިއްޔާތުގައި ބައިވެރި ވެފައިވަނީ ދެ ލޯބިވެރިންގެ އެންމެ ގާތް އާއިލީ މީހުން އެކަންޏެެވެ.

"އަހަރެމެންގެ އެންމެ މުހިން ހަފްލާ ބޭއްވިގެން ދިޔައީ ހޮނިހިރު ދުވަހު ހަވީރު. އެއީ ވަރަށް ރީތި ދުވަހެއް، ވާރޭ ވެހެން ފެށުމުގެ ކުރިން އަހަރެމެން ހުރިހާ ފޮޓޯއެއް ނަގާ ނިންމާލިން. ކައިވެނި ކޮށްދިނީ ވަރަށް ދުވަސްވީ އާއިލީ ރަހުމަތްތެރިއެއް، އަދި އަހަރެމެން ދެމީހުން ކައިވެނީގެ އަހުދު ނާމާގައި ސޮއިކުރިން،" ގޭޓްސް އެމެރިކާގެ ވޯގު މެޒިންއާއި ވާހަކަ ދައްކަމުން ވިދާޅުވެފައި ވެއެވެ.

ޖެނިފަރ ގޭޓްސް އޭނާގެ ވެޑިންގ ޑްރެސްގައި

"އެއީ ވަރަށް ޚާއްސަ ވަގުތު ކޮޅެއް."

"އަހަރެން މެޑިކަލް ސްކޫލުގައި ކިޔަވަމުން އަދި ނަޔެލް އޮލިމްޕިކްސްއަށް ތައްޔާރުވަމުން، ކައިވެނީގެ ހަފްލާއަށް ތައްޔާރު ވުމަކީ ފަސޭހަކަމެއް ނޫން،" އެމެރިކާގެ ސްޓެންފޯޑުން ގްރޭޖުއޭޓް ވެފައިވާ ގޭޓް ވިދާޅުވެފައި ވެއެވެ.

"އެހެންނަމަވެސް، އަހަރެމެންގެ މިހާ މުހިންމު ދުވަހެއް، އެންމެ ގާތް މީހުންނާއެކީ ހިއްސާ ކޮށްލުމަކީ ކޮންމެހެންވެސް މުހިންމު ކަމެއް."

"އަހަރެމެންގެ މި އުއްމީދު ހަގީގަތަކަށް ހަދާ ދިނުމުގައި އަހަރެމެންނާއެކީ މަސައްކަތް ކޮށް، އަދި އެހީތެރިވެދިން އެންމެންނަށްވެސް އަހަރެމެން ޝުކުރުވެރި ވަން."

ޖެނިފަރ ގޭޓްންސްއާއި ނަޔެލް ނާސިރު ކައިވެނީގެ ހަފްލާގައި

ހަފްލާއަށް ތައްޔާރުވަމުން ދިޔައިރު، އަހަރެމްނެ ދެމީހުންނަށް ލިބިގެންދިޔަ އެންމެ ބޮޑު ނަސޭހަތަކީ، މިހަފްލާއަކީ އަހަރެމެން ދެމީހުންނަށްޓަކާ އަދި އަހަރެމެން ދެމީހުން އެކަކު އަނެކަކު ދެކެވާ ލޯބީގެ އަގު ވަޒަންކުރުމުގެ ގޮތުން ބޭއްވޭ ހަފްލާއެއްކަން އަބަދުވެސް ހަދާން ބެހެއްޓުމުގެ ނަސޭހަތް. އަހަރެމެން މުޅި ހަފްލާއަށް ތައްޔާރުވަމުން ދިޔައިރުވެސް މިކަން ހަދާނުގައި ބެހެއްޓިން. އަދި އަހަރެމެން ޔަގީންކުރިން އަހަރެމެން ދެމީހުން އާއިލާވެސް ހިންހަމަ ޖެހިގެން މިހަފްލާގައި ބައިވެރިވާކަން ޔަގީން ކުރުމަށް،" ގޭޓްސް ވިދާޅުވެފައިވެއެވެ.

ޖެނިފަރ ގޭޓްސް އޭނާގެ ބައްޕަ، ބިލް ގޭޓްސްއާއެކު ފޮޓޯއަކަށް ހުއްޓިގެން
ހިޔާލުފާޅު ކުރައްވާ!

3 Responses

  1. އިސްލާމީ ކައިވެންޏެއްކުރީ … މީ ވަރަށް ބޮޑު އޮޅުވައިލުމެއް… މިސާލަކަށް ސާހްރުކްހާން ، ސައިފްއަލީހާން ، އިމްރާންހާން ، ސަލްމާންހާން އަބިމީހާ އަޅުކަންކުރަން ގޭގައި ބުދު ފައްޅި .. މިއަދު އޮޅުވާލެވިދާނެ ބިރު ނުގަނެ މާގަދަ މީހަކަށް ވެވިދާނެ މާމަގުބޫލު މޮޅު މީހަކަށްވެ ތިމާ ބޭނުން ގޮތަކަށް އިލާހީ ހުކުމް މާނަ ކުރެވިދާނެ …. އެދުވަހުން ކީއްތޯ ކުރާނީ .. ގަދަ ކީރިތި ވަންތަ ﷲ ގެ ދަރުބާރުގައި ހުރެ … ވިސްނާލާ އެންމެން އަހަރެންވެސް…

  2. ތީ ދެން އެވަރުގެ ކަމެއްތަ؟ ތި ފޮޓޯތައް ފެނިގެން ކަހަރުވަކެކޭ ވެސް ހިތަށް ނާރާ، ތިކަހަލަ ގުޑުންތައް ގުޑާނީ ހަމަ ތިބާވަތުގެ މީހުން.

Leave a Reply

Your email address will not be published. Required fields are marked *