ޖަޕާނުގެ ޓޯކިޔޯގައި ކޯވިޑް ކޭސްތައް މުޅި އަހަރު ތެރޭވެސް އެންމެ މަދުވި ދުވަހަކަށް މިއަދު

ޖަޕާނުގެ ޓޯކިޔޯގައި ކޯވިޑް ކޭސްތައް މުޅި އަހަރު ތެރޭވެސް އެންމެ މަދުވި ދުވަހަކަށް މިއަދު

Author
ހުސެއިން
17 އޮކްޓޯބަރ 2021 09:06
0

ޖަޕާނުގައި ޓޮކިޔޯގައި މިއަދު 40 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، މިއަހަރު ޓޯކިޔޯގައި ކޯވިޑް ކޭސްތައް އެންމެ މަދުން ފެނުނު ދުވަސްކަމުގައި މިއަދު ވެގެން ހިގައްޖެއެވެ.

އަދި މިއަދަކީ، ކޯވިށް ކޭސްތައް ވެރިރަށް ޓޯކިޔޯއިން ފެންނަ މިންވަރި 100 އަށްވުރެ ދަށުގައި ޖެހިގެހިގެން ހުންނަތާ 9 ވަަނަ ދުވަސްވެސްމެއެވެ.

އާދީއްތަ ދުވަހު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ 40 މީހުން ވެރިރަށް ޓޯކިޔޯއިން ފެނިފައިވާއިރު، މިއީ ފާއިތުވި ހަފްތާގެ މި ދުވަހާ އަޅާބަލާއިރު 20 ކޭސް މަދު އަދަދެކެވެ. އަދި ފާއިތިވި ހަފްތާގައި ޕޮޒިޓިވް ވެފައިވާ މީހުންގެ އެވްރެޖް އަދަދު 60.4ގައި ހުރިއިރު ހަފްތާގެ އެވްރެޖް އޭގެ ކުރީ ހަފްތާގައި ހުރީ 114.7ގައެވެ.

ޓޯކިޔޯގެ މެޓްރޯޕޮލިޓަން ސަރަހައްދީ ސަރުކާރުގެ މިންގަޑުތަކުން ބަލާއިރު، މިހަފްތާގެ އާދީއްތަ ދުވަހާ ހަމައަށް ކޯވިޑް19ގެ އެންމެ ބަލި މީހުންގެ ދަރަޖާގައި ޓޯކިޔޯގައި ތިބީ 35 މީހުންނެވެ. އަދި އާދީއްތަ ދުވަހު ކޯވިޑް19ގައި މަރުވެފައިވަނީ 6 މީހުންނެވެ.

ޖަޕާނުގެ އާ ސަރުކާރުގެ އިކޮނޮމިން މިނިސްޓަރ ޑައިޝިރޯ ޔަމަގިވާ އާދީއްތަ ދުވަހު ވިދާޅުވެފައިވަނީ ކޯވިޑްކޭސްތައް ޖަޕާނުގައި ދަށްވާން ފަށާފައިވުމާއެކު، ޖަޕާން ސަރުކާރުން މިހާރު ވިސްނަމުންދަނީ ރާ ވިއްކާ ތަންތަނާއި އަދި ރެސްޓޯރަންތައް ހުޅުވުމުގައި އަޅާފައިހުރި ފިޔަވަޅުތައްވެސް އަންނަ މަހުން ފެށިގެން ދޫކޮށްލުމަށެވެ.

މުޅި ޖަޕާނަށް ބަލާއިރު، އާދީއްތަ ދުވަހު 509 މީހުން ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި މުޅި ޖަޕާނުން ދުވާލަކަށް ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 1000 ދަށުގައި ހުންނަތާ މިއީ ޖެހިޖެހިގެން 10ވަނަ ދުވަހެވެ. އަދި މުޅި ޖަޕާނަށް ބަލާއިރު، ކޯވިޑް19ގައި އާދަޔާ ޚިލާފަށް ބަލި މީހުންގެ އަދަދު އާދީއްތަ ދުވަހު ހުރީ 335ގައެވެ. މިއީ ހުކުރު ދުވަހާ އަޅާބަލާއިރު 22 މީހުން މަދު އަދަދެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.