ބްރެޒިލް ވޯލްޑްކަޕަށް ކޮލިފައިވުމާއި ގާތަށް

ބްރެޒިލް ވޯލްޑްކަޕަށް ކޮލިފައިވުމާއި ގާތަށް

Author
މުޙައްމަދު ޝަޒައިމް
15 އޮކްޓޯބަރ 2021 02:56
0

އަންނަ އަހަރު ގަތަރުގައި އޮންނަ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތައް ބްރެޒިލް ކޮލިފައިވުމާ ފިޔަވަޅަކާ ގާތައް ޖެހިލާފިއެވެ.

ދެކުނު އެމެރިކާ ކޮލިފައިން މެޗުތަކުގެ ތެރެއިން ރޭ ފަތިހު ކުޅުނު މެޗު ބްރެޒިލް ކާމިޔާބުކުރީ އުރުގުއާއީއާ ވާދަކޮށް 4-1 ލަނޑުންނެވެ. މެޗުގައި ބްރެޒިލްގެ ރަފީނިޔާ ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. މިއީ އޭނާ ބްރެޒިލްގެ ގައުމީ ޓީމުގެ ފުރަތަމަ 11 ކުޅުންތެރިންގެ ތެރޭގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ. މެޗުގައި ބްރެޒިލްއަށް އިތުރު ލަނޑުތައް ކާމިޔާބުކޮށް ދިނީ ނޭމާގެ އިތުރުން ގެބްރިއަލް ބާރބޯސާއެވެ. އުރުގުއާއީގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލުއިސް ސުއަރޭޒްއެވެ. ރޭގެ މެޗަކީ ކޮވިޑް ހާލަތައް ފަހު ސަޕޯޓަރުންގެ ކުރިމަތީގައި ބްރެޒިލްއިން ކުޅުނު ފުރަތަމަ މެޗެވެ.

މި މޮޅާއެކު ބްރެޒިލް ކޮލިފައިންގައި ކުޅުނު 11 މެޗުގެ ތެރެއިން މިއީ މޮޅުވި 10ވަނަ މެޗެވެ. ކުޅުނު 11 މެޗުން ބްރެޒިލް ވަނީ 31 ޕޮއިންޓް ހޯދާފައެވެ. ބްރެޒިލް ވޯލްޑްކަޕަށް ކޮލިފައިން ވުމަށް ދެން ބޭނުންވާނީ ތިން ޕޮއިންޓެވެ.

ރޭގެ މެޗުން ބަލިވި އުރުގުއާއީ އޮތީ ކުޅުނު 12 މެޗުން 16 ޕޮއިންޓާއެކު ޕްލޭއޯފް ޒޯންގެ ފަސްވަނައިގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.