މިއަދު ރާއްޖެެއިން ފެންނަނީ ނޯތުކޮރެއާއިން ފެންނަ ފަދަ މަންޒަރެއް: ސައީދު

މިއަދު ރާއްޖެެއިން ފެންނަނީ ނޯތުކޮރެއާއިން ފެންނަ ފަދަ މަންޒަރެއް: ސައީދު

ގުޅުންހުރި

ރާއްޖެއިން މިއަދު ފެނިގެންދަނީ ނޯތު ކޮރެއާއިން ފެންނަ ފަދަ ޑޮމޮކްރަސީއާއި ބީރަށްޓެހި، ހިދަތި މަންޒަރުތަކެއް ކަމުގައި އިދިކޮޅު ޕީއެެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރާއްޖެ ވަޑައިގެންނެވުމުން އެމަނިކުފާނަށް ސެކިއުރިޓީ ދިނުމަށްޓަކައި ސިފައިންނާއި ފުލުންވަނީ ވަރަށް ވަރުގަދަޔަށް ސަލާމަތީ ކަންކަން އިންތިޒާމު ކޮށްފައެވެ. ރާޢްޖެއިން މީގެކުރިން ނުފެންނަ ވަރުގެ ވަރުގަދަ ސެކިއުރިޓީއެއް ރައީސް ނަޝީދަށް ދެމުންދާއިރު، މިއީ ރާއްޖެފަދަ އަމާން ސުލްހަވެރި ޤައުމެއްގެ ރައްކާތެރިކަން ސަރުކާރަށް ކަށާވަރުކޮށް ނުދެވޭކަމުގެ ހެއްކެއްކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރާއްޖެ އިސްލާހުކޮށް ރާއްޖޭގައި އޮތް ނުރައްކާތެރި ހާލަތުން އަރައި ގަނެވޭނެކަމަށް މިއަދު ގަބޫލު ކުރުމަކީ ދިވެހި ރައްޔިތުންނަށް ދަތިކަމެއްކަމަށެވެ. އަދި ރާއްޖޭގެ ކަންކަން އިސްލާހު ކުރެވޭނެކަމަށް ގަބޫލު ކުރުމަކީ ނޯތު ކޮރެއާގައިވެސް ޑިމޮކްރަސީ އޮތްކަމަށް ގަބޫލު ކުރުމާއި އެއްފަދަ ކަމެއްކަމަށް ސައީދު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަށް ޤައުމު އިސްލާހު ކުރެވިދާނެ ކަމަށް ގަބޫލު ކުރުމާއި، ނޯތު ކޮރެއާގައި ޑިމޮކްރަސީ އޮތްކަން ގަބޫލުކުރުމާއި އެއްވެސް ތަފާތެއްނެތް. ޖަޒީރާ ހެޔޮ ވެރިކަމާއި، ހައްގުވާ މިންވަރު ކިތަންމެހާ ރަނގަޅަށްވެސް އެބަ ދައްކައިދޭ.

– ސައީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިއަދު ރާއްޖެ ވަޑައިގެން މާލެ އައުމުން އެމަނިކުފާނު ހޮޓެލް ޖެންއާއި ހަމައަށް ދިޔައިރު ކާރުގެ ފަހަތުން ސިފައިންނާއި ފުލުހުން ދުވާ މަންޒަރުވެސް ވަނީ ފެނިގެން ގޮސްފައެވެ. މިއީ މީގެ ކުރިން ރާއްޖެއިން ވަރަށް ނުފެންނަ މަންޒަރެކެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. މަރުގެ މަލާއިކަތާ ތި ޖައްބާރުންގެ މަރުހިއްޕަވަން ވަޑައިގަންނަވާއިރު ތި ބޮޑީގާޑުންނާއި، ތިވެހިކަލްތަކާއި ކުރިންނާ، ފަހަތުންނާ، ދެއަރިމަތިން ދުވަމުންދާ އަޅުސިފައިންނާ، ފުލުހުންގެ ބޭނުން ހިފޭނެތޯ؟

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ