މިއަހަރުގެ މިހާތަނަށް 9 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މިއަހަރުގެ މިހާތަނަށް 9 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

Author
މުޙައްމަދު ޖިމީ
11 އޮކްޓޯބަރ 2021 06:51
0

މިއަހަރުގެ މިހާތަނަށް 9 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ޢާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތގައި މިމަހުގެ 9 ނުވަވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 905817 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 407068 ފަތުރުވެރިންނާއި އަޅާ ބަލާއިރު 123 އިންސައްތަ އިތުރު އަދަދެކެވެ. އަދި 2019ވަނަ އަހަރުގެ އެމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 1292468 ފަތުރުވެރިންނާއި އަޅާ ބަލާއިރު 29.9 އިންސައްތަ ދަށް އަދަދެކެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 3884 ފަތުރުވެރިން ޒިޔާރަތްކުރާއިރު، އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި މި އަދަދަށް ކޮންމެ ދުވަހަކު ފަތުރުވެރިން އަންނަމުންދާ ނަމަ އަހަރު ނިމޭއިރު ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 34955 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ 2019 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ މި މުއްދަތާއި އަޅާ ބަލާއިރު 14.3 އިންސައްތަ ދަށް އަދަދެކެވެ.

މިހާތަނަށް ކޮންމެ މަހަކު ރާއްޖެއަށް އައި ފަތުރުވެރިންގެ ޢަދަދުތައް:
• ޖަނަވަރީ – 92،103 ފަތުރުވެރިން
• ފެބްރުއަރީ – 96،882 ފަތުރުވެރިން
• މާރޗް – 109،585 ފަތުރުވެރިން
• އޭޕްރީލް – 91،200 ފަތުރުވެރިން
• މެއި – 64،613 ފަތުރުވެރިން
• ޖޫން – 56،166 ފަތުރުވެރިން
• ޖުލައި – 101،818 ފަތުރުވެރިން
• އޮގަސްޓް – 143،599 ފަތުރުވެރިން
• ސެޕްޓެމްބަރ – 114،896 ފަތުރުވެރިން

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް އަންނަނީ އިންޑިއާ ފަތުރުވެރިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ 23 އިންސައްތައަކީ އިންޑިއާ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަަދަކަށް ރާއްޖެއަށް އައިސްފައިވަނީ ރަޝިއާ ފަތުރުވެރިންނެވެ. އެގޮތުން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ 19.4 އިންސައްތައަކީ ރަޝިއާ ފަތުރުވެރިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.