ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވަނީ 3 ދުވަހަށް

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވަނީ 3 ދުވަހަށް

Author
މުޙައްމަދު ޝަޒައިމް
11 އޮކްޓޯބަރ 2021 01:36
0

މެއި މަހުގެ 6 ވަނަ ދުވަހުގެރޭ ދިން ހަމަލާއަށްފަހު ރައީސް ނަޝީދު ރާއްޖެ ވަޑައި ގަންނަވަނީ ތިން ދުވަހަކަށް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައި ގަންނަވަނީ ދުބާއީ އެކްސްޕޯއަށް ދިޔަ އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި އެކުގައެވެ. ރައީސް ޞާލިހަށް އެއާޕޯޓުން މަރުހަބާ ދަންނަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު 3 ޖަހާއިރުއެވެ. ނަޝީދުގެ މާލެވަޑައިނުގެން ލަސްވި މައިގަނޑު ސަބަބު ކަމަށް އެމަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވަމުން ގެންދެވީ އެކަށީގެންވާ ސެކިއުރިޓީއެއް ހަމަޖެހިފައި ނެތުމެވެ. ސެކިއުރިޓީ ފޫއަޅުވާލައި ނަޝީދަށް ހަމަލާ ދިން އިރު އަވަހާރަކޮށްލަން އެކި ފަހަރު މަތިން އުޅުނުކަން އެމްއެންޑީއެފްގެ ތްރެޓް އެސެސްމެންޓްތަކުން ވެސް އެނގެން އޮތް ކަން ރައްޔިތުންގެ މަޖިލީހުން ހެދި އިންކުއަރީ ރިޕޯޓުން އޮތީ ފެންނާށެވެ. ސަރުކާރުން ބުނެފައި ވަނީ ނަޝީދުގެ ސަލާމަތީ ކަންކަން ވަރުގަދަކުރާނެ ކަމަށެވެ.

މޭމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު މަޖިލީހުން ވަނީ ހަމަލާގެ ކަންކަން ހިނގައިދިޔަ ގޮތުގެ އިންކުއެރީއެއް ހަދާފައެވެ. މި އިންކުއަރީގައި ފާހަގަކޮށްފައިވާ ގިނަ ކަންތައްތަކެއް ސަރުކާރުން ދަނީ ތަންފީޒު ކުރަމުންނެވެ. އެގޮތުން ދައުލަތުގެ ވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަޖިލިސް ރައީސްއަށް ޚާއްސަ ގެކޮޅުވެސް ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަސަނުގެ ދަރި ލަތީފް
ޢެހެންމީހުނާ ބޮޑުވަޒީރާ ތަފާތުވާނެތާ. ތަބަކަކަށްލާފަ ބޮޑުވަޒީރު ކަން ދިނީމަ މާލެއަށް ބަދަލުވާން އެ ހުންނަނީ. އިބޫ ވެރިކަން ކުރާތަން ފެނުނީމަ ހިތަށް ތަދުވާވަރުން. ހަމަ ގަދަފަދަ މީހެއްް އެކަމަކު ސަރުކާރުން މުސާރަ ނަގައިގެން ތިޔަ ހުންނަނީ ޕިކްނިކް ގޮސް . ހަނދާނުގަ ބަހައްޓާތި ތިޔަފައިސާ އަކީ މަޖްލިސްގެ މެމްބަރަކަށް ދޭ މުސާރަ ވަޒީފާ އަދާނުކޮށް ތިޔަ ހަލާލެއް ނުވާނެކަން .
ނ ނ.ނ
އެހެންމީހުންވެސްއާދޭ ރާޖެ މިވަރެނުވެ