ސައުތު އޭޝިއަން އެސޯސިއޭޝަން ފޯރ ރީޖަނަލް ކޯރޕަރޭޝަން (ސާކް)ގެ ސެކްރެޓަރީ ޖެނެރަލް އީސާލާ ރޫވަން ވީރަކޫން މިއަދު ދިވެހިރާއްޖެއަށް ވަޑައިގެންފިއެވެ. މިއީ އެމަނިކުފާނު ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމާއި ޙަވާލުވެވަޑައިގަތުމަށްފަހު ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އީސާލާ ދެކުނު އޭޝިއާ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް އުފައްދާފައިވާ ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމާއި ޙަވާލުވެވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ މާރޗް 1ގައެވެ. މިހާރުގެ ސާކް ސްކެރެޓަރީ ޖެނެރަލްއަކީ ސްރީލަންކާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.
The Secretary General of South Asian Association for Regional Cooperation (#SAARC), H.E. Esala Ruwan Weerakoon has arrived today on an introductory visit to the #Maldives
? Press Release | https://t.co/MAknFOXicz pic.twitter.com/SOdgElun0j
— Ministry of Foreign Affairs ?? (@MoFAmv) October 9, 2021
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ،، ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މި ދަތުރުފުޅަކީ އެމަނިކުފާނު މަޤާމާއި ޙަވާލުވެވަޑައިގަތުމަށްފަހު ސާކްގެ މެންބަރު ޤައުމުތަކަށް ތަޢާރަފުވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ. އެގޮތުން މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދާއި، އެމްބެސެޑަރ އެޓް ލާޖް އަދި ސާކްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރިން ކުރައްވާފައިވާ އަޙްމަދު ސަލީމާއި އެމަނިކުފާނު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ސާކްގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން، ސާކް އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ކުރީގެ ރައީސް، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާޞިހާއިވެސް ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ކްރިޝާންތީ ވީރަކޫނާއި، ސާކްގެ ޑިރެކްޓަރ އޮފް ސޯޝަލް އެފެއަރޒް ޑިވިޝަން ސެކްރެޓްރިއޭޓް އިސްމާޢިލް މަމްދޫޙް ބައިވެރިވެވަޑައިގަންނަވައެވެ. ދެކުނު އޭޝިއާ ޤައުމުތަކުގެ މެދުގައި ވިޔަފާރިއާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާއިން އެއްބާރުލުންދީ ގުޅުން ބަދަހިކޮށް، އެއް ޤައުމު އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކާ ސާކް އުފައްދާފައިވަނީ 1985ވަނަ އަހަރުގެ ތެރޭގައެވެ.
ކޮމެންޓު ފޮނުވާ