ފައިންް ނުބައިވަސް ދުވާތަ؟ މިއީވެސް ފަރުވާތަކެއް!

ފައިންް ނުބައިވަސް ދުވާތަ؟ މިއީވެސް ފަރުވާތަކެއް!

ފަޔަކީ އަޅުގަނޑުމެންނަށް އެންމެ އަޅާނުލެވި ދޫކޮށްލެވޭ އެއް ގުނަވަނެވެ. ފައިން ނުބައިވަސް ދުވަން މެދުވެރިވާ ސަބަބަކީ ގިނަބަޔަކަށް ހީވެފައި އޮންނަ ގޮތުގައި ފައިން ދާހިއްލުމެއެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ.

ފައިން ނުބައިވަސް ދުވަނީ ދާ ހިއްލުމުން އުފެދޭ ބެކްޓީރިއާއެއްގެ ސަބަބުންނެވެ. ފައިން ނުބައިވަސް ދުވާނަމަ ވަރަށް ފަސޭހައިން ހައްލު ހޯދިދާނެއެވެ.

އެގޮތުން މިކަމުގެ ހައްލެއްގެ ގޮތުގައި ގޭގައި ކުރެވިދާނެ ބައެއް ކަންކަމަށް ބަލާލާނަމެވެ.

ލެވެންޑާ އޮއިލް:

ލެވެންޑާ އޮއިލް އަކީ ވަރަށް ގިނަ ގޮތްތޮތުން ހަށިގަނޑާއި ހަންގަނޑަށް ފައިދާ ކުރާ ތެލެކެވެ. ނިދުމުގެ ކުރިން މަޑުމަޑުން ފައި ދެތިން މިނިޓަށް ތެޔޮ ފޮދަކުން މަސާޖު ކޮށްލާށެވެ. އެގޮތަށް ހެދުމުން ބެކްޓީރިއާ ކައިރިނުވާނެއެވެ.

ސެނެޓައިޒަރ:

އެތަނޯލްފަދަ އެއްޗެއް ބޭނުންކޮށްގެން ބޫޓު ސެނެޓައިޒް ކުރުމަށްފަހު ދެ ގަޑިއިރު އަވީގައި ބަހައްޓާށެވެ.

އެންޓި ބަޔޮޓިކް އޮއިންޓްމެންޓް:

ނިދުމުގެ ކުރިން ކޮންމެ ރެއަކުވެސް އެންޓި ބަޔޮޓިކް އޮއިންޓްމެންޓެއް ފަޔާއި އިނގިލި ތަކުގެ ދޭތެރޭގައި ރަނގަޅަށް ހާކަލުމަށް ފަހު އިސްޓާކީނަށް އަރައިގެން ނިދާށެވެ.

ބޫޓު:

ގިނަ ގިނައިން ބޫޓު ބަދަލު ކުރާށެވެ. އަދި ކޮންމެ ދުވަހަކު އެއް ބޫޓަކަށް ނާރަށެވެ. ކޮންމެ ފަހަރަކު ބޫޓަށް އެރުމުގެ ކުރިން ދޮވެ ސާފު ކުރުމަށް އިސްކަން ދޭށެވެ.

ޕައުޑަރ:

ފައިގައި ފުށް ޖެހުމަކީވެސް މި މައްސަލައަށް އޮތް ހައްލެކެވެ. ބޫޓަށް އެރުމުގެ ކުރިން ބޭބީ ޕައުޑަރު ޖެހުމުން ފައި މޮއިސްޗަރައިޒް ވާނެއެވެ. ނުވަތަ މޮއިސްޗަރ ވިކިން ސޮކްސް ވެސް ބޭނުން ކުރެވިދާނެއެވެ.

ވިނެގަރ:

ވިނެގަރ ބޭނުން ކޮށްގެން ކޮންމެ ދުވަހަކުވެސް 15 މިނިޓް ވަންދެން ރަނގަޅަށްފައި ދޮންނާށެވެ. ދެ ލީޓަރުގެ ފެނަށް ޖޯޑެއްގެ ތިންބައިކޮށް އެއްބައި ވިނެގަރ އަޅައިގެން ފައިދޮންނާށެވެ.

ފައިން ނުބައިވަސް ދުވާނަމަ މިކަލަ ކުދިކުދި ކަންތައްތަކުގެ ސަބަބުން އެފަދަ ކަންކަމަށް ހައްލު ލިބިގެން ދާނެއެވެ. އަދި ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް ވެސް އަޅާލުން ބޭނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *