ޤާސިމް އިބްރާހިމް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ނުހަނު ބޮޑު ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ޚިދުމަތް ކޮށްދެއްވަމުންދާ ޚިދުމަތްތެރި ބޭފުޅެއްކަމަށް ވިދާޅުވެ، ހެލްތު މިނިސްޓަރ ކެރަފާ އަހުމަދު ނަސީމްގެ ތައުރީފް ޤާސިމް އަށް ބަންޑުން ކޮށްލައިފިއެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް 50 އަހަރު ފުރޭ މުނާސަބަތުގެ ކައުންޓްޑައުން ފެށުމުގެ ގޮތުން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ މީހަކު ކުރި އަރައިދަނީ އެމީހަކު ކުރާ މަސައްކަތުން ކަމަށެވެ. ރާއްޖޭގައި އަމިއްލަ މަސައްކަތުން ކުރިއަރައި ދިޔަ މީހުންގެ ތެރެއިން އޮނަރަބަލް ޤާސިމް އިބްރާހިމްގެ ނަން ފާހަގަކޮށް ނަސީމް ވިދާޅުވީ ޤާސިމަކީ ވަރަށް ބުރަ މަސައްކަތް ކޮށްގެން މިހިސާބަށް އައި މީހެއްކަމަށެވެ.
އަހްމަދު ނަސީމްއަކީ ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިކަން ތައާރަފް ކުރެއްވުމުގައި މުހިންމު އަދި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ނަސީމް ވިދާޅުވީ، ގާސިމް އިބްރާހިމް ވިޔަފާރީގައި ކުރިއަރައި ދިޔައީ ރީތިކޮށް އަމިއްލަ މަސައްކަތުން ކަމަށެވެ. ގާސިމްއާ ބެހޭގޮތުން ބައެއް ފަރާތްތަކުން ދައްކާ އެކިއެކި ވާހަކަތަކަށް އިޝާރާތް ކުރައްވައި ނަސީމް ވިދާޅުވީ، އެފަދަ ވާހަކަތަކީ ރޯ ބުހުތާނު ދޮގުތައް ކަމަށެވެ.
ނަސީމްގެ ތައުރީފް ޤާސިމަށް ބަނޑުން ކޮށްލިއިރު ޤާސިމް އަކީ މިސަރުކާރު ކޯލިޝަންގެ އެންމެ މުހިންމު އެއް ބައިވެރިއާއެވެ.
ކޮމެންޓު ފޮނުވާ